twitterviber whatsapp telegramfacebookyoutube instagram
19th June 2026

ހާރިޖީ ދާއިރާގެ ހިދުމަތްތައް އަމާޒު ކުރާނެ ދާއިރާތަކާއިމެދު މަޝްވަރާކޮށްފި

Jul 14, 2020

ކޮވިޑް-19 އަށް ފަހު ސަރުކާރުގެ ހާރިޖީ ދާއިރާގެ ހިދުމަތްތައް އަމާޒުހިފާނެ ގޮތްތަކާމެދު މަޝްވަރާކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކޮވިޑް-19 އަށްފަހު ބޭރުގެ އެހީ ހޯދުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހި ކުރުމަށް ހާރިޖިއްޔާގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުވާލައްވާ ދިވެހި ހާރިޖީ ހިދުމަތް ހަރުދަނާކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތް ރައީސް ފާހަގަ ކުރައްވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާ ވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ހައްގުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތް ކުރުންކަން ފާހަގަ ކުރައްވައި، އެކަން ކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީން ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީ އާއި، މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކޮށް، މަސައްކަތްތަކުގެ އަމާޒު ހިފިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައީސް ސޯލިހަށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355