twitterviber whatsapp telegramfacebookyoutube instagram
18th April 2024

ދަރަވަންދޫގައި އިމާޖެންސީ މެޑިކަލް ސެންޓަރެއް ގާއިމުކުރަނީ

ނަބީލާ އިސްމާޢީލް
Jul 20, 2020

ބ. ދަރަވަންދޫގައި އިމަޖެންސީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީއިން ކުރިއަށް ގެންދާ އެ މަޝްރޫއަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ގްރާންޓް ސްކީމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އިންޑިއަން ހައިކޮމިޝަން އާއި ހެލްތު މިނިސްޓްރީއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދަރަވަންދޫގައި މި މަޝްރޫއު ހިންގަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިޔަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. މި އެހީގެ ދަށުން، އއ. އުކުޅަހުގައި ކޮންވެންޝަން ސެންޓަރަކާއި އެއަތޮޅު ރަސްދޫ ބަނދަރު ހިމާޔަތް ކުރުމުގެ މަޝްރޫއު ވަނީ ހިންގައިފަ އެވެ. އަދި މާލެއަށް ވެހިކަލާއި މެޝިނަރީޒް ހަވާލުކޮށްފައިވާއިރު، ބ. ފެހެންދޫގެ ދަރިވަރުން އެއަތޮޅު ގޮއިދުއަށް ކިޔަވަން ދިޔުމަށް ފެރީއެއް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ދަރަވަންދޫގައި ގާއިމުކުރާ އިމާޖެންސީ މެޑިކަލް ސެންޓަރާ ގުޅޭގޮތުން އިންޑިއާއިން ބުނެފައިވަނީ އެ ސެންޓަރަށް ބޭނުންވާ އުުމްރާނީ ތަރައްގީއާއި މެޝިނަރީ ފޯރުކޮށްދޭނެ ކަމަށެވެ.

އެ ސެންޓަރު ގާއިމުކުރުމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ފަހުރެއް ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. އެގޮތުން ރާއްޖެއަށް ސީދާ ފައިދާކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށްވެސް ވަނީ އިންޑިއާއިން ބުނެފައެވެ.

އިންޑިއާއިން އުއްމީދުކުރަނީ މަސައްކަތް ހިނގަމުންދާ ހުރިހާ މަޝްރޫއުތަކެއް މިއަހަރުގެ ތެރޭގައި ނިމިގެންދިޔުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355