twitterviber whatsapp telegramfacebookyoutube instagram
1st July 2025

ގެސްޓަހައުސްތައް އަންނަ މަހު ނުހުޅުވާގޮތަށް ނިންމައިފި

Jul 26, 2020

އަންނަ އޮގަސްޓް މަހު ގެސްޓްހައުސްތައް ނުހުޅުވަން ސަރުކާރުން ނިންމައިފި އެވެ.

ރޭ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ހއ. އިހަވަންދޫގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ ނިންމުން ރިވިއު ކުރުމަށްފަހު، އަންނަ މަހު ގެސްޓްހައުސްތައް ނުހުޅުވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް އަލުން ފަށައިގަތުމަށް އެކުލަވާލި ގައިޑްލައިންގައި ކުރިން ނިންމާފައި އޮތީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އޮގަސްޓް މަހު ހުޅުވާލުމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ވެސް ތަރުތީބު ކުރެވިފައިހުރި ފިޔަވަޅުތައް އަޅުދަމުންދާނެ ކަމަށާއި އާންމު ހަރަކާތްތަކާއި ވިޔަފާރިތަކާއި ދަތުރުފަތުރުކުރުމަށް ބުރޫނާރާނެ ފަދަ ގޮތަކަށް އެ ފިޔަވަޅުތައް އަޅަން ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޮގަސްޓް މަހުގެ 15 ހިސާބުގައި އަލުން ރިވިއު ކުރުމަށްފަހު ގެސްޓްހައުސްތައް ހުޅުވޭނީ ކޮން ހިސާބެއްގައިކަން ސަރުކާރުން އިއުލާނު ކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355