twitterviber whatsapp telegramfacebookyoutube instagram
20th September 2020

އާސަންދައިގެ ދަށުން މިއަދު އިންޑިއާއަށް ފުރަން އޮތް ބޯޓުން މީހަކު ޕޮޒިޓިވްވުމުން ފުރުން ލަސްކޮށްފި

ނަބީލާ އިސްމާޢީލް
Jul 29, 2020

އާސަންދަ އެހީގައި ރާއްޖެއިން ލިބެނެތް އިތުރު ފަރުވާއަށް އިންޑިއާއަށް މިއަދު ފޮނުވަން އުޅުނު މީހުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު އިން ކަން އެނގުމާ އެކު ފުރުން ލަސްކޮށް، ފްލައިޓު ޑިސްއިންފެކްޓްކުރަން ފަށައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ)ން ބުނީ އިންޑިއާ އަށް ފޮނުވަން ނިންމި މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވްކަން އެނގުނީ ފްލައިޓް ފުރަން ތައްޔާރުވި ފަހުން ކަމަށެވެ. އެކަމަކު، އެ އެންމެން ފްލައިޓަށް އެރުވީ ދެ ދުވަސްކުރިން ޓެސްޓްކުރުމަށް ފަހު ކަމަށް އެތަނުން ބުންޏެވެ.

އެކަމާ ގުޅިގެން، ބޯޓު ފުރުން ހުއްޓުވައި، ޕޮޒިޓިވްވި މީހާއެކު، އެހެން ފަސަންޖަރުން ވެސް ބޯޓުން ބާލައި ފުރުމުގެ ކުރިން ބޯޓު ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޓެސްޓް ހެދި އެންމެންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ނެގެޓިވްކަން އަނގަބަހުން ވަނީ އަންގައިފައި ކަމަށާއި ދެ މީހެއްގެ ނަތީޖާ ލިބުނީ މިއަދު ހެނދުނު ކަމަށާއި ޕޮޒިޓިވްވީ އޭގެ ތެރެއިން އެކަކު ކަމަށް އެތަނުން ބުންޏެވެ.

އެކަކު ޕޮޒިޓިވްވުމުން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ފްލައިޓް ޑިސްއިންފެކްޓް ކުރަމުން އަންނަ ކަމަށާއި އޭގެ ފަހުން މިއަދު އެ މީހުން ފުރުވާނެ ކަމަށް ވެސް އާސަންދަ އިން ބައެއް މީޑިއާތަކަށް ބުންޏެވެ.

މި ދުވަސްވަރު އިންޑިއާއަށް މީހުން ފޮނުވަނީ އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮވިޑް-19އާ ގުޅިގެން އިންޑިއާ ވެސް އޮތީ ލޮކްޑައުންގަ އެވެ.

ކުރިއާ ހިލާފަށް ބަލި ޖެހޭ މީހުންގެ ތެރެއަށް ދިވެހިންގެ އަދަދު ގިނަވާތީ، ޑޮކްޓަރުން ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވައި އެކަން ކޮވިޑްގެ ދެވަނަ ރާޅެއްގެ ގޮތުގައި ސިފަ ކުރައްވައިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355