twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިހަވަންދޫ "242" ބޯޓު ފަޅުވެރިޔަކު ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Aug 1, 2020

ހއ. އިހަވަންދޫ އާއި މާލެއާ ދެމެދު ދަތުރުކުރާ "242" ބޯޓުގެ ކޭޝިއަރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ރަށު ކައުސިލުން ބުނެފި އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކޭއޯ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "242" ބޯޓު މާލެ އިން އެ ރަށަށް ދިޔައީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި ކޭޝިއަރުގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެންނާތީ އޭނާ އަމިއްލައަށް ބޭނުންވެގެން ހެދި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ރޭ ލިބުނު އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އިހަވަންދޫއަށް ނިސްބަތްވާ އެ މީހާ އަދި ހުރީ ގޭގައި އައިސޮލޭޝަންގައި ކަމަށާއި މިހާރު ކުރިއަށް ދަނީ އޭނާގެ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އޭނާ ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން މީހުން އަރައި ފޭބުން ވަނީ މަނާކޮށް، ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

ކޮވިޑް-19ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހަދައިފައިވާ ކޮވިޑް ފެސިލިޓީއެއް އިހަވަންދޫގައި ހުރި ނަމަވެސް ޕޮޒިޓިވްވި މީހާގެ ހާލު އެހާ ގޯސް ނުވުމުން އޭނާ ގެންދާނެ ކަމަށް ބެލެވެނީ ށ. ފުނަދޫގައި ހުންނަ ފެސިލިޓީ އަށް ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

އަތޮޅުތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވަނީވެސް އިހަވަންދޫ ކާވިޔާ ބޯޓުން ހއ. އުލިގަމަށް މިދިޔަ އެޕްރީލް 15 ގައި ދިޔަ މީހެކެވެ.

ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނާ އެކު އެ ބޯޓުން ދަތުރުކުރި 10 މީހަކު ވެސް މިދިޔަ ހަފުތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ތިބުމުން ހއ. ކެލާ ހއ.ދިއްދު ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަމްފަރަށް ވެސް އަރައިފޭބުން ވަގުތީ ގޮތުން ވަނީ މަނާ ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355