twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަސް: ނަރުހުންގެ ޑިގްރީ ކޯސް ހެދުމުގެ ފުރުސަތު

ނަބީލާ އިސްމާޢީލް
Aug 9, 2020

އަންނަ ސެޕްޓެމްބަރު އިންޓޭކްގައިވެސް ކުޅުދުއްފުށީގައި ހުންނަ ވިލާ ކޮލެޖުން ނާސިންގ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާކަމަށް އެ ކޮލެޖުން ހާމަކޮށްފި އެވެ.

ބެޗްލާސް އޮފް ނާސިންގގެ އިތުރުން މިހާރުވެސް އެކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަހުގެ އެ ދާއިރާގެ ގިނަ ކޯސްތަކެއް ކުރިއަށް އެބަދެ އެވެ. އެގޮތުން ނާސިންގ މާސްޓަރސް ޕްރޮގުރާމް ފާހަގަކޮށްލެވެ އެވެ.

މިހާރުވެސް ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ނާސިންގގެ ޑިގްރީ ކޯހެއް ކުރިއަށް އެބަދެ އެވެ.

ނާސިންގ ޑިގްރީ ކޯހަށްވަނުމުގެ ޝަރުތަކީ އެމްއެންކިއު ލެވެލް 5 ގެ ޑިޕްލޮމާއެއް އޮތުން އަދި މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީގެ ކައުންސިލްގައި ރަޖިސްޓްރީވެ، ލައިސަންސް އޮތުމާއި އޯލެވެލް ނުވަތަ އައިއީއެލްޓީއެސްގެ އިނގިރޭސި ފާހެއް އޮތުން ހިމެނޭ ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ. އަދި އިނގިރޭސި ފާހެއް ނެތް ނަމަ އެ ކޮލެޖުން އެ ކޯސް ހެދުމުގައި މަގު ފަހިކޮށްދޭނެކަމަށް އެފަރާތުން ބުނެ އެވެ.

މި ކޯހަކީ އިނގިރޭސިވިލާތުގެ ޔޫވީ އާއި ވިލާކޮލެޖް ގުޅިގެން ހިންގާ އިންޓަނޭޝަނަލް ސެޓްފިކެޓެއް ލިބޭ ކޯހެކެވެ. މި ޕްރޮގުރާމްގެ އިތުރުންވެސް ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާސް އާއި ހަމައަށް ހިންގޭ ވަރަށް ގިނަ ޕޮރޮގުރާމްތަކެއް ވިލާ ކޮލެޖުން ކުރިއަށްދާ ކަމަށާއި މި އިންޓޭކްގައިވެސް ކޯސްތަކުން ފުރުސަތު އޮތްކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

ސެޕްޓެމްބަރު އިންޓެކްގެ ބޭނުން ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ކޯސްތަކަށް ވިލާކޮލެޖްގެ ވެބްސައިޓުން އޮންލައިންކޮންވެސް އެޕްލައިކުރެވޭނެ ކަމަށާއި ޑޮކިއުމެންޓްސް އީމެއިލް ކޮށްލައިގެންވެސް އެޕްލައި ކުރެވޭނެ ކަމަށެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އޯގަސްޓް 16 ވަނަ ދުވަހެވެ.

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައިވެސް ކިޔަވައިދެއްވަނީ މާލޭގައި ވިލާ ކޮލެޖްގައި ކިޔަވައިދެއްވާ ލެކްޗަރާއިންނެވެ. މި ކޯސްތަކާ ބެހޭ މައުލޫމާތު ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގެ 7980611 ނަމްބަރަށް ގުޅައިގެން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355