twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޑރ މުހައްމަދު އިބްރާހިމާއި، އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަނު ކުރަން ޖޭއެސްސީގެ ލަފަޔަށް އެދިއްޖެ

ޚަދީޖާ އާދަމް
Aug 6, 2020
3

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ހދ.ކުޅުދުއްފުށީ ފިނިފެންޖަންބުގެ، ޑރ.މުހައްމަދު އިބްރާހިމް، އަދި ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު އަލީ ރަޝީދު ހުސެއިންގެ ނަން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފޮނުވައިފި އެވެ.

ޑރ. މުހައްމަދަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރުވެފައިވާއިރު ހައްޖު ކޯޕްރޭޝަންގެ ބިލާ ޓެނެންސީ ބިލް އެކުލަވާލުމުގައި ޑރ.މުހައްމަދު ވަނީ މަސައްކަތް ކުރައްވާއެވެ.

އަދި ޑރ.މުހައްމަދަކީ އިސްލާމިކް ޔުނިވާރސިޓީގެ ކައުންސިލް މެންބަރެއްގެ އިތުރުން އެޑްވައިޒަރީ ކޮމިޓީ އޮފް ދަ ފެކަލްޓީ އޮފް ޝަރިއްޔާ އެންޑް ލޯގެ މެންބަރެއްވެސް މެއެވެ. އަދި ފުރަތަމަ މަސައްކަތާއި ގުޅިވަޑައިގަތް ޕްރިމިއާ ޗެންބާސް ލޯ ފާމްގެ އެއް ޕާޓްނަރެއްވެސް މެއެވެ.

އަލްއުސްތާޛު އަލީ ރަޝީދު ހުސެއިން މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓު ގެ ފަނޑިޔާރުކަމާއި، ސިވިލް ކޯޓުގެ ގެ އިސް ގަޒީ ކަމުގެ އިތުރުން ޑްރަގް ކޯޓުގެ ފަނޑިޔާރު ކަންވެސް ވަނީ މީގެ ކުރިން ވަނީ އަދާ ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355