twitterviber whatsapp telegramfacebookyoutube instagram
20th April 2021

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުުރުކޮށްފި

ޚަދީޖާ އާދަމް
Aug 8, 2020

ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެންމެ ފަހުން އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާއިރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރެއްވިކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރޭ އަންގަވާފަ އެވެ.

މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 6 އާ ހަމައަށް އިތުރުކުރީ ކަމަށް ގަރާރުގައި ވެ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް ހެލްތު މިނިސްޓަރު އިތުރު ކުރެއްވިއިރު، ބަލިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ ޖޫން 15 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމުން މާލެ ސަރަހައްދުގައި އަނެއްކާ ވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެގޮތުން ފާއިތުވި ހަފުތާއެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވިއިރު، އެ ބަލި އެންމެ ގިނައިން ޖެހުނީ ދިވެހިންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355