twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބީއެމްއެލް އަހަރީ އާންމު ޖަލްސާ މި މަހު 31 ގައި

ޚަދީޖާ އާދަމް
Aug 8, 2020

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މި މަހު 31 ގައި އޮންލައިންކޮށް ބޭއްވުމަށް އެ ބޭންކުން ނިންމައިިފި އެވެ.

އެގޮތުން މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް ބީއެމްއެލުން ހިއްސާދާރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައި ވެއެވެ.

މި ޖަލްސާ އޮންނާނީ މި މަހު 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، "ފަހިވޯޓް" މެދުވެރިކޮށެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވޭނީ މި މަހު 18އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް އެކަންޏެވެ. އެ މުއްދަތުގައި ދަފުތަރުގައި ރަޖިސްޓްރީވާ ހިއްސާދާރުން މި މަހުގެ 29ގެ ކުރިން އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

އެގޮތުން، ޖަލްސާއަށް ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" http://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ބީއެމްއެލުން ބުނީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ޖަލްސާއަށް މީހަކު ފޮނުވާ ނަމަ އެއީ ކުންފުނި ތަމްސީލުކުރުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރަކުން ހުއްދަ ދީފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ހިއްސާދާރުގެ ބަދަލުގައި އެހެން މީހަކު ބައިވެރިވާ ނަމަ ޖަލްސާގެ 48 ގަޑިއިރު ކުރިން ޕްރޮކްސީ ފޯމު ހުށަހަޅައި އީމެއިލްއަކުން އެކަން އެންގުމަށެވެ.

ޖަލްސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ ނުވަތަ ޖަލްސާގެ އެޖެންޑާއަކަށް އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާ ނަމަ [email protected] އަށް މެއިލް ކުރުމަށް ބީއެމްއެލުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355