twitterviber whatsapp telegramfacebookyoutube instagram
20th September 2020

އެމެރިކާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް އަރައިފި

ނަބީލާ އިސްމާޢީލް
Aug 10, 2020

އެމެރިކާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ އެގައުމުގައި ބަލިޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް އަރައިފި އެވެ. މިއީ ދުނިޔޭގެ ރެކޯޑް އަދަދެކެވެ.

އެގައުމުގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދުވެސް ވަނީ ދުނިޔޭގެ ރެކޯޑް އަދަދަކަށް އަރާފަ އެވެ. އެގޮތުން އެމެރިކާގައި މިހާތަނަށް ކޮވިޑް ޖެހިގެން 162،455 މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން އެމެރިކާގެ އިގްތިސާދު ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ލިބިފަ އެވެ. އަދި މިކަމުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުން ވަރަށް މުހިންމު ކަމަށް ޔޫއެސް ލެބަރ ޑިޕާޓްމެންޓުން ވަނީ ބުނެފައިވެއެވެ.

އެމެރިކާގެ ޑޮކްޓަރުންނާ ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ ވެކްސިން އެންމެ އަވަހަށް ލިބޭވަރު ވާނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ނޮވެންބަރުމަހުގެ ކުރީކޮޅު ވެކްސިން ލިބޭ ވަރު ވާނެ ކަމަށެވެ.

ދުނިޔޭގައި މިހާތަނަށް 19.6 މިލިއަން ކޮވިޑް ޕޮޒިޓިވް ކޭސް ފެނިފައިވާއިރު 727،000 މީހުން ވަނީ މަރުވެފަ އެވެ. އެގޮތުން އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނާއި ބްރެޒިލް އިންނެވެ. އިންޑިޔާ އަކީ ތިންވަނަ އަށް އެންމެ ގިނަ ކޭސް ފެނިފައިވާ ގައުމެވެ. 2.15 މިލިއަން އަށްވުރެން ގިނަ ކޭސް ވަނީ ރަޝިޔާ އިން ރިޕޯޓް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355