twitterviber whatsapp telegramfacebookyoutube instagram
8th May 2024

ކަޅުބިލަމަސް ގަންނަން ބޭނުންވާ އިތުރު ކުންފުނިތަކަށް ހުއްދަ ދޫކުރަނީ

ނަބީލާ އިސްމާޢީލް
Aug 10, 2020

ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އާ ކުންފުނިތަކަށް މަސް ގަތުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން މިއަދު ބުނީ ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ދޭން ސަރުކާރުން ނިންމާ އެކަމަށް މިއަދު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެންދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މިއަދު ހުޅުވާލި ފުރުސަތު ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައަޅަންޖެހޭގޮތުގެ ގައިޑްލައިންއެއް ވަނީ އާންމުކޮށްފައެވެ. އެކަމަށް އެދި ހުށައަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީގަޑިތަކުގައި ފިޝަރީޒް މިނިސްޓްރީންނެވެ.

ދުވާލަކަށް 20 ޓަނަށްވުރެ މަދުން ކަޅުބިލަމަސް ގަންނަ އެއްވެސްފަރާތަކުން މި ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވަކި ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތުތަކުގެ ތެރޭގައި 9 ކަމެއް ފާހަގަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަގު އެއްކުރުމުގެ ސިޔާސަތު، ޝޯ-ބޭސްޑް އިންވެސްޓްމަންޓް ގާއިމްކުރުން، މަސްގަތުމުގައި ކަލެކްޓަރ-ބޯޓް ބޭނުން ކުރުން، މަސް ގަންނަ އެންމެ ދަށް އަގު (ފްލޯ ޕްރައިސް)، މަސްވެރިކަން ކުރުމަށް އިންވެސްޓް ނުކުރުން އަދި ދިވެހި އުޅަނދުން މަސް ގަތުން، ފޮރިން އިންވެސްޓްމަންޓް، ޕްރޫފް އޮފް ފައިނޭންސް އާއި ވަރކްޕްލޭން، ތަފާސް ހިސާބު ފޮނުވުން އަދި ހުއްދަ ހޯދުމުގެ މަރުހަލާތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355