twitterviber whatsapp telegramfacebookyoutube instagram
8th July 2026

މިހާތަނަށް ބަންގްދަލޭޝްގެ 5،733 މީހުން ފުރުވާލާފައިވޭ

ޚަދީޖާ އާދަމް
Aug 17, 2020
1

މޯލްޑިވިއަން އިން މިހާތަނަށް 5،733 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފުރުވާލާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިތުރު 200 ބަންގްލަދޭޗް ރައްޔިތުންނާއެކު ޑާކާ އަށް މިއަދު 30 ވަނަ ފްލައިޓް ދަތުރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތަކެއް ބާއްވަމުންނެވެ.

ގަވާއިދާ ހިލާފަަށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބަންްގަލާދޭހުން މީހުންނެވެ. ސަރުކާރުން ބިދޭސީން ފުރުވާލަން ކުރާ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީލަންކާގެ ގިނަ ބަޔަކު ވަނީ ފުރުވާލި އެވެ.

މިހާތަނަށް 5733 ބަންގްލަދޭޝް މީހުން މިހާރު އަނބުރާ ގައުމަށް ފުރުވާލާފައިވާއިރު ބައެއް މީހުން ދަނީ އެނބުރި ގައުމަށް ދިއުމަށް އެދި މާލެ ސިޓީގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމުގެ މައްސަލަތަކާއި ކޮވިޑްގެ ހާލަތާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދެވޭ މައްސަލަތައް ވަނީ މި ފަހުން ފެންމަތިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355