twitterviber whatsapp telegramfacebookyoutube instagram
18th April 2024

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްމާޓް ސްކޫލް ޕްރޮޖެކްޓަށް ސަރުކާރުގެ ތެރެއިން ލިބިފައިވަނީ ބައިލައްކަ ރުފިޔާ ކަމަށް އެސްކޫލުން ބުނެފި

May 12, 2011

މުހައްމަދު އިސްމާއިލް

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްމާޓް ސްކޫލް ޕްރޮޖެކްޓަށް ސަރުކާރުގެ ތެރެއިން ލިބިފައިވަނީ ބައިލައްކަ ރުފިޔާ ކަމަށް އެސްކޫލުން ބުނެފިއެވެ.

އެސްކޫލުން މިގޮތަށް ބުނެފައިވަނީ ޖުމްލަ ހަތަރުލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރާ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްމާޓް ސްކޫލް ޕްރޮޖެކްޓަށް ސަރުކާރުގެ ތެރެއިން ތިންލައްކަ ރުފިޔާ ލިބިފައިވާކަމަށް ބުނެ ދުވަހު ނޫސް ހަވީރުގައި ފެތުރި ހަބަރު ދޮގުކޮށް އެސްކޫލުން އެނޫހަށް ފޮނުވާފައިވާ ސިޓީއެއްގައެވެ. ކުޅުދުއްފުށީ އޮންލައިން އަށް ކޮޕީ ލިބިފައިވާ މިސިޓީގައި ބުނެފައިވާގޮތުން އެސްކޫލުން ހިންގާ ސްމާޓް ސްކޫލް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އެއްފަރާތަކުން ފައިސާ ދީފައިވަނީ ކުޅުދުއްފުށީގެ މަހުޖަނެއްކަމުގައިވާ މުހައްމަދު ޒުހައިރެވެ.

ދުވަހު ނޫސް ހަވީރުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެ ޕްރޮޖެކްޓަށް މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ އެޑިޔުކޭޝަން ޔުނިޓުން ތިންލައްކަ ރުފިޔާ ދީފައިވާކަމަށް ލިޔެފައިވާތީ އެކަން އިސްލާހުކޮށްދިނުމަށް އެދި އެއިދާރާއަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ، އެސްކޫލުގެ ސްމާޓް ސްކޫލް ޕްރޮޖެކްޓަށް ފައިސާ ހޯދަމުންދަނީ ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖްމަންޓުން ގުޅިގެންކަމަށާއި އެފަދަ ގޮތަކަށް ކުރިއަށް ގެންދާ މަސައްކަތެއްގައި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފެތުރުމުން އާންމު މަސްލަހަތު ގެއްލިގެން ހިނގައިދާނެކަމަށެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުން ހަވީރު ނޫހުގެ އިދާރާއަށް ފޮނުވި ސިޓީގައި އެޕްރޮޖެކްޓްގެ ތަފްސީލު ބަޔާންކޮށްދެމުން ބުނަފައިވަނީ އެޕްރޮޖެކްޓަކީ ހަމައެކަނި މަލްޓިމީޑިއާގެ ވަޞީލަތް ގާއިމުކުރުމުގެ ޕްރޮޖެކްޓެއް ނޫންކަމަށާއި އެޕްރޮޖެކްޓްގެ ދަށުން ކްލާސްރޫމްތަކުގައި މުށިޖެހުމާއި، ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާނެ ތަފާތު ވަޞީލަތްތައް ގާއިމުކުރުމާއި، ސްކޫލުގެ މާހައުލަކީ ދަރިވަރުންނަށް އެންމެ ފައިދާ ކުރާނެ މާހައުލަކަށް ހެދުން ހިމެނޭކަމަށެވެ.

ސްމާޓް ސްކޫލު ޕްރޮޖެކްޓަށް އެސްކޫލުގެ ބެލެނިވެރިއެއްކަމަށްވާ މުހައްމަދު ޒުހައިރު އެއްލައްކަ ރުފިޔާ ހަދިޔާކޮށްފައިވާއިރު އާންމު ބެލެނިވެރިން 35479 ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އަދި އެސްކޫލުގެ ޕީޓީއޭގެ ފަންޑު ހޯދުމުގެ ހަރަކާތްތަކުން 179945 ރުފިޔާ ލިބުނުކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ. ތަކެއްޗާއި މަސައްކަތުގެ ގޮތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން ދެއްވި ތަކެތި ފައިސާއިން އަގުކުރުމުން އިތުރު އެއްލައްކަ ރުފިޔާ ލިބުނު އިރު ސަރުކާރުގެ ތެރެއިން ލިބިފައިވަނީ 50000 ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355