ރާއްޖެ އާއި އިންޑިއާ އާ ދެމެދު ބައްވާ ކާގޯ ފެރީގެ ހިދުމަތް އަންނަ ސެޕްޓެމްބަރު މަހު 3 ވަނަ ހަފްތާގައި ފެށިގެން ދާނެ ކަމަށް އިންޑިޔާއިން ބުނެފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާގެ ޝިޕިން ކޯޕަރޭޝަންގެ 20 ފޫޓުގެ 200 ކޮންޓޭނަރާއި 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭނެ ބޯޓެއްގައި މި ފެރީގެ ހިދުމަތް ސެޕްޓެމްބަރު މަހުގެ ތިންވަނަ ހަފުތާގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި ކޮންމެ 10 ދުވަހަކުން މި ބޯޓުން ދަތުރެއް ފުރިހަމަ ކުރާއިރު، މި ހިދުމަތް އެންމެ ފުރަތަމަ ފަށާނީ މާލެއަށް ކަމަށެވެ.
Sea-connectivity for prosperity!
— India in Maldives (@HCIMaldives) August 20, 2020
A direct ‘Cargo Ferry Service’ connecting #Kochi/#Tuticorin with #Malé will be flagged off fm 🇮🇳 in the 3rd week of Sep.The vessel,operated by Shipping Corp. of India,can carry 200 teus & 3000 mts of break-bulk cargo;turnaround time of 10 days. pic.twitter.com/R2HoCoL1k5
މި މަހު ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ އެކު ފޯނުން ގުޅުއްވައި ފެރީގެ ހިދުމަތް ފެށުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކާގޯ ފެރީގެ ދަތުރުތައް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ފުރަތަމަ ދަތުރުތައް މާލެއަށް ފެށިނަމަވެސް އަދި ކުރިޔަށް އޮތް ތަނުގައި ހދ. ކުޅުދުއްފުށްޓައް ވެސް މި ހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.
މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.