twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބޭންކުތަކުން ފައިދާ ނުބެހުމަށް އެމްއެމްއޭއިން އަންގައިފި

ޚަދީޖާ އާދަމް
Aug 23, 2020
2

މިއަހަރު ހިއްސާދާރުންނަށް އެއްވެސް ފައިދާ، (ޑިވިޑެންޑް)އެއް ނުބެހުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބޭންކުތަކަށް އަންގައިފި އެވެ.

އޮންލައިން ނޫސް "ސަން" ގައި ބުނެފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއި ކުރައްވާ މިދިޔަ މަހުގެ ކުރީކޮޅު ބޭންކުތަކަށް ފޮނުވި ސިޓީގެ ކޮޕީއެއް އެ ނޫހަށް ލިބިފައިވާއިރު އެސިޓީގައި ބުނެފައިވަނީ ފަހުގެ ތާރީހެއްގައި ދައްކާ ގޮތަށް ނަމަވެސް، އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން އެއްވެސް ކަހަލަ ނިންމުމެއް ނިންމުމުގެ ހުއްދަ ރެގިއުލޭޓަރުގެ ހައިސިއްޔަތުން ދެވެން ނެތް ކަމަށެވެ.

ސަބަބަކަށް ބުނެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް އަންނާނެ ލޮޅުންތައް ލަފާކުރަން އުނދަގޫވެފައިވާ މިދަނޑިވަޅުގައި ބޭންކުތަކުން ހިއްސާދާރުންނަށް ފައިދާ ބަހައިފި ނަމަ، ބޭންކުތަކުގެ ރައުސްމާލަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ވާތީއެވެ.

އަދި މިދަނޑިވަޅުގައި ބޭންކުތަކުގެ މާލީ ހާލަތު ރަނގަޅުކޮށް ލުއިދިނުމުގެ ގޮތުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ މިނިމަމް ރިޒާވް ރިކުއާމަންޓް ވެސް ދަށްކޮށް ދީފައިވާ އިރު، ޑިވިޑެންޑް ބަހާ ނަމަ، އެއީ ބޭންކުތަކުގެ މާލީ ހާލަތު ނުވަތަ ލިކުއިޑިޓީއަށް އަސަރު ކުރާނެ ކަމަކަށް ވާނެ ކަމަށެވެ.

މަރުކަޒީ ބޭންކުން އެފަދަ އެންގުމެއް އެންގީއިރު، ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31ގައި އޮންލައިންކޮށް ބޭއްވުމަށް އެ ބޭންކުން ވަނީ މިހާރު އިއުލާންކޮށްފަ އެވެ. ޓެކްސްއަށް ކެނޑުމަށް ފަހު މިދިޔަ އަހަރު ބީއެމްއެލްއަށް ވަނީ، 1.04 ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފަ އެވެ. މި ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ނިންމުމެއް ފާސްކުރާނެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު މޯލްޑިސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ވަނީ، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ބާއްވާ މިދިޔަ އަހަރުގެ ފައިދާގެ ތެރެއިން 35.4 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމައިފަ އެވެ. އެއީ، ހިއްސާ އަކަށް 1.575 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355