twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުނބުރުދޫއަކު ކުންޏެއް ނާންދާނެ، ބޭނުންކުރާނީ ޓްރާންސްފަރ ސެންޓަރެއްގެ ގޮތުގައި: ޑރ ހުސެއިން

އަބްދުލް ވާހިދު ޙަސަން
Aug 26, 2020

ތިލަދުންމަތީގެ ރަށްތަކުގައި އުފެދޭ ކުނި ޖަމާކުރާ ރަށެއްގެ ގޮތުގައި ހދ ކުނބުރުދޫ ހަމަޖެއްސި ނަމަވެސް އެރަށުގައި ކުނި ނާންދާނެކަމަށް އެންވަރަޔަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ކުރިން މީހުން ދިރިއުޅުނު މިހާރު ފަޅުވެފައިވާ ހދ ކުނބުރުދޫއަކީ ތިލަދުންމަތީގެ ރަށްތަކުގެ އުފެދޭ ކުނި ޖަމާކުރާނެ ރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން މިނިސްޓަރު ހުސެއިން ވަނީ އޯގަސްޓް 23 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގައި ވިދާޅުވެފައި އެވެ.

އެކަން މިނިސްޓަރު ހާމަކުރެއްވުމުން ބައެއް އާންމު ވަނީ ކަންބޮޑުންފާޅުކޮށްފައި އެވެ. ކަންބޮޑުވުންފާޅުކުރީ ތިލަފުށި ގޮތަށް ކުނިއަންދާ އަބަދު ދުން އަރާ ރަށަކަށް އެރަށް ބަދަލުވެދާނެތީ އެވެ. އެހެންވުމުން ކައިރީގައި ރަށްތަކަށް ދުމުގެ އަސަރުކުރާނެތީ އެވެ.

ކުޅުދުއްފުށީ ކައުންސިލާއެކު އެންވަރަޔަމެންޓް މިނިސްޓްރީން އަންގާރަދުވަހު ބޭއްވި ޒޫން މީޓިންގައި ވާހަކަފުޅު ދައްކަވަމުން އެންވަރަޔަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ކުނބުރުދޫ ބޭނުންކުރާނީ ހަމައެކަނި ޓްރާންސްފަރ ސެންޓަރެއްގެ ގޮތުގައި ކަމަށެވެ. އެރަށަކު ކުންޏެއް ނާންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުނބުރުދޫއަށް ކުނި ގެންގޮސް ފްރޮސެސް ކުރުމަށްފަހު އަންދަން ޖެހޭ ކުނި ގެންދަން ނިންމާފައިވަނީ ރ ވަންދޫއަށް ކަމަށެވެ.

ކުނބުރުދޫއަށް ކުނި ޖަމާކުރިނަމަވެސް މިނިސްޓްރީން ބޭނުންވަނީ އެރަށުގެ ގުރުރަތީ ރީތިކަން ވީހާވެސް ނުގެއްލޭނެ ފަދަ ގޮތަކަށް އެކަން ކުރުން ކަމަށާ އެގޮތުން ރަށް ހަލާކުވާ ފަދަ ކަންތައްތައް ކުރަން މިނިސްޓްރީން ބޭނުންނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355