twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެފްއޭ ކޮމިއުނިޓީ ޝީލްޑް އާސެނަލް އިން އުފުލާލައިފި

Aug 29, 2020

މި އަހަރުގެ ކޮމިއުނިޓީ ޝީލްޑްގެ ތަށި އާސެނަލްއިން އުފުލާލައިފި އެވެ. އިގިރޭސި ލީގާއި އެފްއޭ ކަޕް ގެ ޗެމްޕިއަނުން މެދުގައި ސީޒަން ފެށުމުގެ ކުރިން ކުޅެވޭ މި މެޗުގައި ބައްދަލު ކުރީ ލީގު ޗެމްޕިއަން ލިވަރޕޫލް އަދި އެފްއޭ ކަޕްގެ ޗެމްޕިއަން އާސެނަލްއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ގެ ނަތީޖާއެއްގައި އޮތުމުން ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ އާސެނަލް އެވެ. ކޮމިއުނިތީ ޝީލްޑް މެޗުގައި ނަތީޖާ އެއްވަރުކޮށް ފުރިހަމަ ވަގުތު ހަމަވެއްޖެނަމަ އިތުރު ވަގުތު ނުކުޅެ ސީދާ ދަނީ ޕެނަލްޓީ އަށެވެ. މެޗުގައި ފުރަތަމަ ލަނޑު އާސެނަލްއިން ޖެހިއިރު މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާރޑް ޕިއެރެ އެމިރިކު އައުބަމެޔަންގު އެވެ. މިއީ ބުކާޔޯ ސަކޯ ދިން ބޯޅައަކުން ކާމިޔާބު ކުރި ލަނޑެކެވެ. ލިވަރޕޫލަށް ފަހު ހާފްގެ 73 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ޓަކޫމި މިނަމިނޯ އެެވެ. މިއީ ލިވަރޕޫލްގެ ޖާޒީގައި މިނަމިނޯ ޖެހި ފުރަތަމަ ލަނޑެވެ.

އާސެނަލްއިން ވަނީ ޖެހި 5 ޕެނަލްޓީވެސް ކާމިޔާބުކޮށްފަ އެވެ. ޕެނަލްޓީތައް ޖެހީ ރެއިސް ނެލްސަން، އައިންސްލޭ މެއިޓްލޭންޑް ނައިލްސް، ފެޑްރިކް ސޯރެސް، ޑޭވިޑް ލުއިސް އަދި އައުބަމެޔަންގެވެ. ލިވަރޕޫލްއިން 4 ޕެނަޓީ ކާމިޔާބު ކުރިއިރު މި ޕެނަލްޓީތައް ޖަހާފައިވަނީ މުހައްމެޑު ސަލާހު، ޓަކޫމި މިނަމިނޯ، ފެބީނިއޯ އަދި ކާރޓިސް ޖޯންސް އެވެ. އަދި ރިއަން ޓްރިއުސްޓާރ ގެ ޕެނަލްޓީ ނާކާމިޔާބު ވުމުން އާސެނަލްއަށް ތަށި ކަށަވަރު ވީ އެވެ.

މި ދެ ޓީމުވެސް ޖުމްލަ 15 ފަހަރު މި ޝީލްޑް ކާމިޔާބު ކޮށްފައި ވާއިރު މި މޮޅާއެކީ އާސެނަލް ވަނީ 16 ވަނަ ފަހަރު މި ސީލްޑް އުފުލާލުމުގެ ޝަރަފު ހޯދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355