twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިސަރުކާރު އައިއިރު ކޭއާރުއެޗުގައި ތިބީ 18 ޑޮކްޓަރުން، މިހާރު އެ އަދަދު 45 އަކަށް އިތުރުކުރެވިއްޖެ

ޚަދީޖާ އާދަމް
Aug 31, 2020
4

މި ސަރުކާރު އައިއިރު ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ތިބީ 18 ޑޮކްޓަރުން ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 45 އިތުރުކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރ އޮފް ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އަހުމަދު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު އައުމާއި ހަމައަށް ފެންވަރު ރަނގަޅު ޑޮކްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި 45 ވަރަކަށް ޑޮކްޓަރުންނަށް އަަދަދު އިތުރުކުރެވި ހިދުމަތް ދެވޭ މީހުންގެ އަދަދުވެސް އިތުުރު ވެގެން ދިޔަކަމަށެވެ.

ކޮވިޑާ ގުޅިގެން ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގައި ދަތިކަތެއް ހުރިކަން އަހުމަދު ފާހަގަ ކުރެއްވި އެވެ. އަދި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްވެސް ގޮންޖެހުންތަކެއް ހުރި ނަމަވެސް ކަންކަން ކުރިއަށްދާ ކަމީ އުފާކުރާ ކަމެއްކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްއާރުއައި އަދި ބޭހުގެ ކަންތައްތައް ފަދަ ރަނގަޅު ކުރަންޖެހޭ ގިނަކަންކަން ހުރިއިރު މި ސަރުކާރު އައި ފަހުން ސްޕީޗް ތެރަޕީއާއި ސީޓީ ސްކޭންގެ އިތުރުން އެކި ސާޖަރީތަކާއި އާ ހިދުމަތްތައް ކޭއާރުއެޗުގައި ތައާރަފް ވެގެން ދިޔަކަންވެސް އަހުމަދު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 ގުޅިގެން މާލެއަށް އަރައި ފޭބުން ދަތިވެފައިވާތީ، ރ، ބ، ޅ އަދި ކ އަތޮޅުން ހިދުމަތް ހޯދުމަށް ގިނަ ބަޔަކު ދަނީ ކުޅުދުއްފުއްޓަށް ދަތުރުކުރަމުންނެވެ. މިއާއެކު ކޭއާރުއެޗު ވެގެން ގޮސްފައިވަނީ މާލޭގެ އިތުރުން އެންމެ ބާރު ބޮޑު ހޮސްޕިޓަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355