twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހަނިމާދޫއަށް އިންޑިއާ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފި

Sep 8, 2020
2

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފި އެވެ. މި ދެ މަތިންދާ ބޯޓް އެ އެއާޕޯޓަށް ޖައްސާފައި ވަނީ މިއަދު ހެނދުނު 10:25 ގައި އެވެ.

އެމްއެންޑީއެފުން ބުނީ މިއީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އައި އިންޑިއަން ނޭވީގެ ޑޯނިއާ ފްލައިޓެއް ކަމަށެވެ.

މިއަދުން ފެށިގެން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް އެފަރާތުން ބުނެ އެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލެވެ.

2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއްކަމަށާއި މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަދި އާންމުކޮށް އޮޕަރޭޝަނަށް އަންނަނީ ދެ ޕްލައިޓް ކަމަށާއި އެއީ އެތަނުން އެ ފްލައިޓަކީ ބެކަޕް ފްލައިޓެއް ކަމަށެވެ. ބެކަޕް ފުލައިޓް އާންމުކޮށް އަންނަ ދުވަހު ފުރާނެ ކަމަށާ އެގޮތުން އެތަނުން ބެކަޕް ފްލައިޓް މިއަދުގެ އެނބުރި ފުރާނެކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދިވެހި އަސްކަރިއްޔާއާ ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ބައިވެރިވަނީ އެއް ފްލައިޓްކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355