twitterviber whatsapp telegramfacebookyoutube instagram
4th July 2025

ޔައުގޫބް މެމްބަރުކަމާ މެދު ގޮތެއް ކަނޑައަޅަން ސްޕްރީމް ކޯޓަށް ހުށަހަޅައިފި

ނަބީލާ އިސްމާޢީލް
Sep 20, 2020
1

ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަމާ މެދު ގޮތެއް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަން ކުރެއްވުމުން އޭނާގެ މަޖިލީހުގެ ގޮނޑިއާމެދު ވަނީ ގާނޫނީ ބަހުސެއް އުފެދިފަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް އެ ސުވާލު އުފައްދާފައިވަނިކޮށް، ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ ވަކީލެކެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެ ގާނޫނުގައި ބުނެފައި ވެއެވެ.

ޔައުގޫބް ވަނީ، އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށުމުން އެ އިންސްޓިޓިއުޓުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމާ ގުޅިގެން ޔައުގޫބު ވިދާޅުވީ އޭނާ އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355