twitterviber whatsapp telegramfacebookyoutube instagram
10th July 2026

ކޮޗިން ފެރީ ވެގެންދާނީ އިގްތިސާދީ ކުރިއެރުމަކަށް: ނިޒާރު

ޚަދީޖާ އާދަމް
Sep 22, 2020

ކޮޗިން-ކުޅުދުއްފުށި ފެރީ ވެގެންދާނީ އަތޮޅުތަކުގެ އިގްތިސާދީ ކުރިއެރުމަކަށް ކަމަށާއި، މިކަން ވެގެންދާނީ ސަރުކާރުތަކުން ގެންގުޅޭ ޒަމާންވީ ހިފެހެއްޓިފައިވާ ސިޔާސަތުގެ ނިމުކަމަށް ކަމަށް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މި ހިދުމަތް ފެށުމާ ގުޅިގެން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮޗިން ފެރީ ވެގެންދާނީ ރާއްޖޭގެ އުތުރުގެ ތަރައްގީއަށް އާ ފެށުމަކަށް ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިއްޔެ އިފްތިތާހުކުރި ކާގޯ ފެރީއާގެ ހިދުމަތާއެކު ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ވިދާޅުވެފައެވެ.

ކާގޯ ފެރީ ކުޅުދުއްފުއްޓަށް އައުމަށް މާދަމާ ކޮޗިންއިން ފުރާއިރު ފެރީއަށް ކުޅުދުއްފުއްޓަށް އާދެވޭނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މާލެ އަންނަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

މިނިސްޓަރު ފައްޔާޒު ދާޅުވީ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށެވެ. އަދި މި ފެރީއާއެކު ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުދާ އުފުލުމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355