twitterviber whatsapp telegramfacebookyoutube instagram
6th April 2025
ADVERTISEMENT
ކޮޗިން ފެރީ ކުޅުދުއްފުށީގައި ބަނދަރުގައި

ކޮޗިން ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

ނަބީލާ އިސްމާޢީލް
Sep 26, 2020
2

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި އެ ފެރީ މިއަދު ކުޅުދުއްފުށީގައި ބަނދަރުކޮށްފި އެވެ. ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވަނީ މިއަދު 6:30 ގައި އެވެ.

އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ.

މި ދަތުރުގައި ބޯޓުން ގެނެސްފައިވަނީ އެހެނިހެން ތަކެތި ހިމެނޭ ގޮތަށް 20 ފޫޓުގެ ދެ ކޮޓައިނާގެ އިތުރުން 500 ޓަނުގެ ސިމެންތި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ދަތުރު ކުރަނީ އެ ގައުމުގެ ގައުމީ ޝިޕިން ކުންފުނި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން ނެވެ. އަދި މި ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ ރާއްޖޭގެ ޝިޕިން ވިޔަފާރި ފުޅާ ކުރަން އުފެއްދި ކުންފުނި، ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އެވެ. ގައުމީ ޝިޕިން ކުންފުންޏެވެ.

ބޯޓަކީ ބޮޑު ބޯޓަކަށްވުމުން ކުޅުދުއްފުށީ ޕޯޓުތެރޭގައި ބަނދަރުނުކުރެވޭނެތީ، ބޯޓުން މުދާ ބާލާނީ ރަށު ބޭރު ކަނޑުގައި ބާއްވައިގެންނެވެ. އަދި މުދާ ބާލާނީ ކޮންޓެއިނަރު އުފުލުމާއި މުދާ ބޭލުމުގައި ބޭނުންކުރާ ބޮޑެތި ދޯނި ބޭނުންކޮށްގެންނެވެ.

ކޮޗިން ފެރީއަށް މަރުހަބާ ކިއުމުގެ ގޮތުން ކުރިން އޮތީ ހަރަކާތްތަކެއް ރޭވިފައި ނަމަވެސް އިއްޔެ ކުޅުދުއްފުށިން ކޮވިޑް ކޭސް އެއް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ރަށް މޮނިޓަރިންނަށް ގެނެސްފައިވާތީ މި ހަރަކާތްތަށް ވަނީ ކެންސަލް ކޮށްފަ އެވެ.

ނަން
ކޮމެންޓް
ހުވަފެން
ތިޔައީ އެއްގޮތަކުން ރަގަޅު ކަމަކަ ވެދާނެ ތިޔަ ފެރީ ކުޅުދުއްފުޓަ އަންނަ ވަގުތާ ދިމާކޮ ކުޅުދުއްފުށިން ގދ ކާޑެދޫއަށް އަދި ކުޅުދުއްފުށިން ލ ކަދޫއަށް ސ ގަން މިތަން ތަނަ ސެޑިޔު ފުލައިޓެ ބޭވިއްޖެ ނަމަ ތިޔައީ ތިޔައީ މުޅި ގައުމަ އޮށް ކުރިއެރުމަކަ ވާނެ އެކަމަކު އަދި ވވ މުހިންމު ތިޔަފެރީގެހުރި ހުރިހާ މުދަލެ ކުލުދުފީ ބަދަރަށް ކުލިޔަރެންސް ހެދުން ނަތީޖާ އަކަވެގެން ދާނީ ކުލުދުފުށި މުލި ރާއްޖޭގެ ވިޔަފާރިހަބަކަށް ވާނެ އަދި ތިޔަ ފެރީގެ އެޖެންޓު އޮފީސް އެގެން ހުނަގޮތަ ކުޅުދުފުށީގެ ހުންނަގޮތަ ވެޖެނަމަ ތިވަރުގެ ކަމެނެތޭ ބުނެވޭނީ ތިފެރީ ހަމައެކަނި ކުޅުދުއްފުޓަ ހާސަވެއްޖެ ނަމަ ކުލުދުފީވެގެން ދާނީ ރާއްޖޭގެ އެންމެ ރިޗު ބަޔަކު އުލޭ ތަނަކަށް،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،
ވައުދު
ތިޔަފެރި އަކުން ކުޅުދު ފުޓަ ކުރާނެ މާކަބޮޑު ބޭނުމެށް ނެތޭ ބުނެވޭނީ ތިޔައީ ކުޅުދުފުށީގެ ނަން ބޭނުން ކޮގެން ރާއްޖޭގެ ބޮޑަތި ވިޔަފާރި ވެރިންގެ އަމިލަ ފާދާއަކަށް ކުރާކަމަށް މިސާލަކަ ބަލާ ކަމަށް ވަންޗާ ކުޅުދުފުށީގެ ކުޑަ ވިޔަފާރި ވެރިޔަކު ކިހިނަކުންތޯ އޭނަގެންނަ 500ކިލޯގެ ގަސްކާނާ ބަލަން ބޮޑުދޯންޗަ ހިފާގެން ކިހިނަތޯ މުދާބާލަން ކަސްޓަމާ އެމްއެންޑީއެފް ގޮވާގެން ދާނީ ...... ތިޔަފެރީން އެކަލަ ކުޑަ މުދާކޮޅު ގެންނަ މީހާވެސް ޖެހޭނީ ހަރަދަވިސްނާފަ ހަމަމާލެ އިން ކުލިޔަރެންސް ހަދަން
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com