twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޮޗިން ކާގޯފެރީގެ ސަބަބުން މުޅި ރާއްޖެއަށް ފައިދާކުރާނެ: ސަންޖޭ ސުދީރު

ނަބީލާ އިސްމާޢީލް
Sep 26, 2020

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށުނު ކާގޯ ފެރީގެ ސަބަބުން ފައިދާވާނީ ހަމަ އެކަނި ކުޅުދުއްފުއްޓަށް ނޫން ކަމަށާއި މުޅި ރާއްޖެއަށްވެސް މި ފެރީގެ ސަބަބުން ފައިދާ ކުރާނެ ކަމަށް އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދިން ކޮޗިންފެރީގެ ހާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ސުދީރު ވިދާޅުވީ މިއަދު ކުޅުދުއްފުއްޓަށް އައިސްފައިވާ ފެރީ ރާއްޖެ އައިސްފައިވަނީ ޒަރޫރީ މުހިންމު މުދާ ހިމެނޭހެން ގިނަ މުދާތަކެއް ހިފައިގެން ކަމަށެވެ. އަދި މީގެ ފައިދާާ ކުރާނީ ހަމައެކަނި ކުޅުދުއްފުއްޓަށް ނޫން ކަމަށާއި މިކަމުގެ ފައިދާ މުޅި ރާއްޖެއަށް ވެސް ކުރާނެ ކަމަށެވެ.

ސުދީރު ވިދާޅުވީ މި ފެށި ކާގޯ ފެރީގެ ހިދުމަތާއެކު ކުޅުދުއްފުށި ސިޓީ ބޮޑެތި ޝިޕިން އެޖެންސީތަކުގެ މެޕަށް އަރާފައިވާ ކަމަށެވެ. މި ހިދުމަތާއެކު ކުޅުދުއްފުޓަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި، މިއީ އަތްފޯރާފަށުގައި ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފޮނުވާ މުދަލާއި ރާއްޖެއިން އިންޑިއާއަށް ފޮނުވާ މުދާ ދަތުރުކުރާނީ ވަކި ރޫޓަކުން ކަމަށާއި އެގޮތުން މި ދަތުރުގައި ކޮލޮމްބޯ، ދުބާއި ނުވަތަ ސިންގަޕޯ މަގުން ކަމަށް ފާހަގަކޮށް މި ފެރީ ހިދުމަތުގެ ސަބަބުން އަވަހަށް މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އިންޑިއާ ސަފީރު އިތުރަށް ވިދާޅުވީ، ކާގޯ ފެރީގެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް އިންޑިއާގެ އިމްޕޯޓަރުންނާއެކު މަޝްވަރާކޮށް މުދާ ވިއްކުމަށް ފަސޭހަ ވާނެ ކަމަށާއި މި ހިދުމަތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓާދެމެދު އޮންނަ ފަރަގު ކުޑަކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355