twitterviber whatsapp telegramfacebookyoutube instagram
25th September 2026

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Sep 26, 2020

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ސިއްހީ ބައެއް ތަކެތި ރަސްމީކޮށް މިއަދު ހަދިޔާކޮށްފި އެވެ.

ހެލެތް މިނިސްޓްރީން މިއަދު ބުނީ، ކޮވިޑް19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ޖަމިއްޔާއިން މިއަދު ރާއްޖެއަށް އައިސީޔޫ ގައި ބޭނުން ކުރާ އާލާތްތަކާއި ލެބޯޓްރީ އާލާތްތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ.

މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ޕޯޓެބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓްކިޓްވެސް ހިމެނެއެވެ. ހެލްތް މިނިސްޓްރީން ބުނީ މިތަކެއްޗާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އައި.ސީ.ޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްޤީކުރެވިގެންދާނެކަމަށެވެ.

މި ތަކެތި މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ދަރުބާރުގޭ، އެޗްއީއޯސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މީގެ ކުރިންވެސް ސިއްހީ ބައެއް އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެގޮތުން ޕީސީއާރުޓެސްޓްކިޓާއި ޖީން އެކްސްޕާޓް ކާޓްރިޖްގެ 15،000އަށް ވުރެ ގިނަ ކާޓްރިޖް އެ ޖަމިއްޔާއިން މީގެ ކުރިންވެސް ވަނީ ހަދިޔާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293