twitterviber whatsapp telegramfacebookyoutube instagram
8th July 2026

އާތިފްގެ އިލްތިމާސް: މިސަރަހައްދުގެ ވިޔަފާރިވެރިން ކާގޯފެރީގެ ހިދުމަތް ފުރިހަމައަށް ހިފަމާ!

ނަބީލާ އިސްމާޢީލް
Sep 29, 2020
4

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯފެރީ ހިދުމަތުގެ އެންމެ ފުރިހަމަ ބޭނުން ހިފިއްޖެނަމަ މި ސަރަހައްދަކީ ރާއްޖޭގެ ވިޔަފާރީގެ ބޮޑު އިންސައްތައެއް ހިއްސާކުރާ މަރުކަޒަކަށް ވެގެންދިއުމަކީ އެހާ ދުރުކަމެއްނޫން ކަމުގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފް ލިޔުއްވި ފޭސްބުކް ފޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަކީ އިންތިހާއަށް އިންޕޯޓް މުދަލަށް ބަރޯސާވެފައި އޮތް ގައުމަކަށް ވީހިނދު، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ރަނގަޅު އިންސައްތައެއް އެތެރެކުރަނީ ސީދާ އިންޑިއާއިން ކަމަށެވެ.

ރާއްޖެއަކީ އިންތިހާޔަށް އިންޕޯޓު މުދަލަށް ބަރޯސާވެފައި އޮތް ގައުމަކަށް ވީހިނދު، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ...

Posted by Art Thif Arthif on Sunday, September 27, 2020

އިތުރަށް އާތިފް ވިދާޅުވީ ރާއްޖެ އެތެރެވާ ކާބޯތަކެތީގެ ގާތްގަނޑަކަށް 20 އިންސައްތަ، އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނުގެ ގާތްގަނޑަކަށް 30 އިންސައްތަ، ބޭހާއި ބޭސްފަރުވައަށް ބޭނުންކުރާ ބާވަތްތަކުގެ 55 އިންސައްތަ ކޮސްމެޓިކްސް ނުވަތަ ރިތިވާ ސާމާނުގެ 11 އިންސައްތަ ފޮތި ފޭރާން ހެދުން އަދި ބޫޓު ފައިވާނުގެ 14 އިންސައްތަ މުދަލަކީ ސީދާ އިންޑިއާއިން އެތެރެކުރާ މުދާކަމުގަ އެވެ.

މިސަރަހައްދުގެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިންޑިޔާ ދިވެހިރާއްޖެ ކާގޯފެރީ ހިދުމަތުގެ އެންމެ ފުރިހަމަ ބޭނުން ހިފިއްޖެނަމަ މި ސަރަހައްދަކީ ރާއްޖޭގެ ވިޔަފާރީގެ ބޮޑު އިންސައްތައެއް ހިއްސާކުރާ މަރުކަޒަކަށް ވެގެންދިއުމަކީ އެހާ ދުރުކަމެއްނޫން ކަމުގަ އާއި ކާމިޔާބީ އަކީ މަސައްކަތްތެރިންގެ ހައްގެއް ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ފާހަގަ ކުރައްވާ ގޮތުގައި މިއީ ވަރަށް ގިނަބަޔަކަށް ލުއިފަސޭހަ ވެގެންދާނެ ހިދުމަތެކެވެ. އަދި ގިނަ ބަޔަކު ބަލައިގަންނަ ހިދުމަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355