twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހޯރަފުށީ އެއާޕޯޓަށް ވަކިން އަރައިފޭބޭނެހެން ފާލަމެއް އަޅަނީ

ޚަދީޖާ އާދަމް
Oct 5, 2020

ހއ. ހޯރަފުށީގެ ފަޅުން ހިއްކި ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަށް ވަކިން އަރައި ފޭބޭނެ ހެދުމަށް ގޮތް ހަމަޖެހިފައިވާ ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރ އަސްލަމް ވިދާޅުވީ އެއަރޕޯޓަށް ވަކިން އަރައިފޭބޭނެ ގޮތްތަކެއް އަތޮޅުގެ އެހެން ރައްތަކަށް ފަހިކޮށް ދިނުމަށް ވަކި ފާލަމެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.

ހއ. ހޯރަފުއްޓާއި ގުޅުވައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓަށް ލަފާ ފުރޭނެ ގޮތަށް ޖެޓީއެއް އަޅައި ދިނުމަށް އެދި އެ އަތޮޅުގެ ގިނަ ރަށްތަކަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފަ އެވެ.

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިމުމާ ގާތް ވެފައިވާއިރު އެތަނުން ދަތުރުކުރާ ފަރާތްތަކުން ޖެހޭނީ، ހޯރަފުށި މެދުވެރިކޮށް އެއާޕޯޓަށް އަރާށެވެ. އެކަމުގެ ސަބަބުން ހޯރަފުށި ނޫން ދެން ހުރި ރަށްތަކުގެ މީހުނަށް އެކަން އިތުރު ތަކުލީފަކަށް ވާނެ އެވެ.

އެކަމާ ގުޅިގެން ހއ. އަތޮޅުގެ 14 ރަށުގެ ތެރެއިން 12 ކައުންސިލަކާއި އެ އަތޮޅު ކައުންސިލުން ރައީސަށްވަނީ ސިޓީ ފޮނުވާފަ އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355