twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފޮލިސް ކޭސްއާ ގުޅިގެން 150 މީހަކު އެކަހެރިކޮށްފި، ގިނައީ ފުލުހުން

- ޑައިރެކްޓް ކޮންޓެކްޓުން 10 ރަށެއްގައި އެބަތިބި
- 84 ފުލުހަކާއި 66 މީހަކު ވަނީ އެކަހެރިކޮށްފަ
- ކޮންޓެކްޓް ޓްރޭސިން ހެދުމަށް ތިލަދުންމަތިން 6 ރަށެއް މޮނިޓަރިންއަށްލި

އަބްދުލް ވާހިދު ޙަސަން
Oct 6, 2020
2

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެއް ހޯމަދުވަހު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި ތިލަދުންމަތީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން އެކަހެރިކޮށްފި އެވެ.

ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 150 މީހަކު އެކަހެރިކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 84 ފުލުހަކާއި އާންމުގެ ތެރެއިން 66 މީހެކެވެ.

ކޮންޓެކްޓް ޓްރޭސިންގައި މިހާރު ބަލަނީ ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވި ޑައިރެކްޓް ކޮންޓެކްޓުން ހޯދުމަށް ވުރެ ބޮޑަށް އެ މީހަކާ ގާތުގައި އުޅޭ ނުވަތަ ކްލޯސް ކޮންޓެކްޓުން ހޯދުމަށެވެ. އޭގެ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ހދ އަތޮޅުން ފާހަގަކުރެވުނު 23 މީހެއްގެ ސާމްޕަލް ނަގައި މިހާރު ދަނީ ޓެސްޓްކުރަމުންނެވެ.

ހއ އަތޮޅާއި ށ އަތޮޅުގެ ކްލޯސް ކޮންޓެކްޓުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޮފިޝަލަކު ވިދާޅުވި އެވެ. އަދި އެ ސާމްޕަލްތައް މާދަމާ ޓެސްޓްކުރާނެކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ޑައިރެކްޓް ކޮންޓެކްޓުން ތިބި ރަށްތައް

  • ކުޅުދުއްފުށި ސިޓީ - 10
  • ދިއްދޫ - 26
  • ފުނަދޫ - 27
  • ހޯރަފުށި - 27
  • ބާރަށް - 30
  • އިހަވަންދޫ - 8
  • ކުރިނބީ - 13
  • މިލަންދޫ - 2
  • ފޯކައިދޫ - 6
  • ކަނޑިތީމް - 1

އިތުރު ތަފްސީލަށް ބަލާލާއިރު ކުޅުދުއްފުށިން އެކަހެރި ކުރި 10 މީހުންގެ ތެރޭގައި ހިމެނެނީ 6 ފުލުހަކާއި ފުލުހުންގެ ލޯންޗުގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި އާންމުންގެ މީހެކެވެ. 25 ފުލުހަކު ދިއްދޫގައި އެކަހެރިކޮށްފައިވާއިރު އާންމުގެ އެކަކު އެރަށުވެސް އެކަހެރިކޮށްފައިވެ އެވެ. މީގެ އިތުރުން ފުނަދޫން 16 ފުލުހަކާއި 11 މީހެއް އެކަހެރިކޮށްފައިވާއިރު ހޯރަފުށީގައި އެކަހެރިކުރީ 11 ފުލުހަކާއި 16 މީހެކެވެ.

ބާރަށުގައި 6 ފުލުހަކާއި އާންމުންގެ 24 މީހަކު އެކަހެރިކޮށްފައިވާއިރު އިހަވަންދޫގައި އެކަހެރިކޮށްފައިވަނީ 8 ފުލުހެކެވެ. އަދި ކުރިނބީގައި އާންމުންގެ ތެރެއިން 13 މީހަކު އެކަހެރިކޮށްފައިވެ އެވެ. މިލަންދޫ 2 ފުލުހަކާއި ފޯކައިދޫ 6 ފުލުހެއް އަދި ކަނޑިތީމުން އެއް ފުލުހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ.

ކޮންޓެކްޓް ޓްރޭސިން ހެދުމަށް މޮނިޓަރިންއަށްލީ 6 ރަށެކެވެ. އެއީ ކުޅުދުއްފުއްޓާއި ދިއްދޫ، ފުނަދޫ، ކުރިނބީ، ހޯރަފުށި، އަދި ބާރަށެވެ. އެރަށްތައް މޮނިޓަރިންލީ ޕޮޒިޓިވްވި ފުލުސް އޮފިސަރު އެރަށްތަކަށް ދަތުރުކޮށްފައިވާތީ އެވެ. އިހަވަންދޫ، މިލަންދޫ، ފޯކައިދޫ އަދި ކަނޑިތީމްގެ ބައެއް ފަރާތްތަކުން އެކަހެރިކޮށްފައިވަނީ ޕޮޒިޓިވްވި ފަރާތްތަކާއެކު ދަތުރުކޮށްފަވުމުންނެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސް އޮފިސަރަކަށް ކޮވިޑް ޖެހިފައިވާކަމަށް ބެލެވެނީ ކޮޗިން ކާގޯފެރީން ގެނައި ބައެއް މުދާތައް ޗެކްކުރުމަށް ކުއްތާ ހިފައިގެން މާލޭން އައި ފުލުހުންގެ ބަޔަކާ ކޮންޓެކްޓްވެގެން ކަމަށެވެ. ހާއްސަ ހުއްދައިގެ ދަށުން އައި އެ ފުލުހުން ހދ ކުރިނބީ އާއި ހއ އަދި ށ ފުނަދޫއަށް ގޮސްފައިވެ އެވެ. އަދި ބައެއް ރަށްތަކުގައި ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދުމަށް އޮޕަރޭޝަންވެސް ހިންގާފައިވާކަމަށް މައުލޫމާތު އެނގޭ މީހުން މި ނޫހަށް މައުލޫމާތުދީފަވެ އެވެ.

ކުޅުދުއްފުށީގައި މަސައްކަތްކުރާ އެ ފުލުސް އޮފިސަރު ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރެގެން މިމަހުގެ ހަތަރުވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ. ސާމްޕަލް ނުލިބެނީސް އޭނާގެ އުފަން ރަށް، ކުރިނބީއަށް މިމަހުގެ ފަސްވަނަ ދުވަހުގޮސްފަ އެވެ. ޕޮޒިޓިވްވިކަން އެނގުނީ ހޯމަދުވަހުގެ ރޭގަނޑު އެވެ. އޭނާގެ އާއިލާގެ މީހަކު ބުނެފައިވަނީ އޭނާ ސާމްޕަލް ނުލިބެނީ ރަށަށް އައީ ޑޮކްޓަރުގެ ހުއްދައާއެކު ކަމަށާ ޑޮކްޓަރަށް ދައްކާ ޓެސްޓްކުރުމުން ޑެންގީ ޖެހިފައިވާކަމަށް ޑޮކްޓަރު ބުނި ކަމަށެވެ. ނަމަވެސް ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގި ކަމަށާ ނަމަވެސް އޭނާ ރަށަށް ދިޔައީ ޑޮކްޓަރުގެ ހުއްދައާއެކު ކަމަށެވެ. އަދި ރަށަށް ގޮސް ހުރީ ގޭގައި އަމިއްލައަށް އެކަހެރިވެގެން ކަމަށްވެސް އެ މީހާ ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355