twitterviber whatsapp telegramfacebookyoutube instagram
1st August 2026

ލަންކާގައި ކޮވިޑް ކޭސްތައް އިތުރުވެ ހާލަތު ގޯސް

ނަބީލާ އިސްމާޢީލް
Oct 27, 2020

އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އެ ގައުމުގެ ހާލަތު ގޯސްވަމުން އަންނަ ކަމަށް ލަންކާގެ މީޑިއާތަށް ބުނެ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރެވިފައިވާ ސްރީލަންކާއިން މިމަހުގެތެރޭގައި އަލަށް ޕޮޒިޓިވްވި 2 ކޭސްއަކާ ގުޅިގެން ގިނަ ލިންކްޑް ކްލަސްޓާ ތަކެއް އުފެދި ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެ ގޮތުން އިއްޔެއާ ހަމައަށް ގާތްގަނޑަކަށް 8000 މީހުނަށް ވަނީ ބަލިޖެހިފަ އެވެ.

މި ފަހުން ފެންނަ ކޭސްތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރެވިފައިވާ ކޭސްތަކަކީ ކޮލަމްބޯ އޮންނަ ހުޅަނގު ޕްރޮވިންސްގެ ޕެލިޔަގޮޑައިގެ މަސް މާރުކޭޓްއާ ގުޅުން ހުރި ކްލަސްޓާތަކެެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 265 މީހުންނަކީ އެ ކްލަސްޓާރ އާ ގުޅުން ހުރި ކޭސްތަކެވެ. އިތުރަށް ޕޮޒިޓިވްވި 15 މީހުންނަކީ ކަރަންޓީން ސެންޓަރުތަކުގައި ތިބި މީހުންނެވެ.

ލަންކާ އިން މިހާތަނަށް 8152 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 3933 މީހަކު ވަނީ ބަލިން ރަނގަޅުވެ ހޮސްޕިޓަލުގެ ގެޔަށް ދޫކޮށްލާފައެވެ. މި ބަލި ޖެހިގެން ލަންކާއިން 16 މީހަކު ވަނީ މަރުވެފައެވެ.

ލަންކާގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެންފެށުމާއި ގުޅިގެން ވެރިރަށް ކޮލަމްބޯގެ ޕެޓާ، ފޯޓްގެ އިތުރުން ބޮރެއްލާ ގައި ކާފިއު ހިންގަން ވަނީ ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355