twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލި ބިދޭސީންގެ އަދަދު 15000 އަށް

Nov 8, 2020

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީ ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 15،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާ ލެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީ ގެނެސްދޭ ފަލަ ސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ ވޮލަންޓަރީ ރީޕެޓްރިއަޝަންގެ ދަށުން ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން ފޮނުވުމުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އޭގެތެރެއިންވެސް ދާންބޭނުންވާ މީހުންގެ ލިޔެކިޔުންތަށް ނެތުމުގެ ސަބަބުން ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭ ކަަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ޕްރޮގުރާމުގައި ބައިވެރިވާ ބިދޭސީންގެ ތެރެއިން ގިނަމީހުންނަކީ ބަގުލަދޭސްގެ ރައްޔިތުންކަމަށާއި އެ މީހުން ފުރުވާލުމުގައި ފޮރިން މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައި ކޮމިޝަނުން އެހީތެރިކަން ލިބެމުންދާ ކަމަށް ނާޒިމާ ވިދާޅުވި އެވެ.

ނާޒިމާ ވިދާޅުވީ ރެގިއުލައިޒޭޝަން ޕްރޮގުރާމްގެތެރެއިން ސިސްޓަމްގައި މިހާތަނަށް 5000 އެއްހާމީހުން ރަޖިސްޓަރީވެ ގައިވައިދުގެ ތެރެއަށް ވަދެފައިވާކަމަށެވެ.

ބިދޭސީންގެ މައްސަލައަކީ ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެއްގެ ގޮތުގައިވަނީ ފާހަގަވެފަ އެވެ. އަދި އެކަން ރަނގަޅު ނުވެ އޮތީ އެކަން ރަނގަޅަށް މޮނީޓާނުކުރެވޭތީކަން އޭނާ ފާހަގަ ކުރި އެވެ.

އަލަށް އެކުލަވާލެވުނު ގަވާއިދުގެ ދަށުން ބިދޭސީ މީހާގެ އިތުރުން އެ މީހާ ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތްކުރުވާ ފަރާތްތަކާއި ދެމެދު ފިޔަވަޅު އެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355