twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ހުއްދަ ދެނީ

ޚަދީޖާ އާދަމް
Nov 9, 2020
1

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދިނުމަށްޓަކައި އިތުރު ކުންފުންޏަކަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އެކަން މިއަދު އިއުލާންކޮށް، އަންނަ އަހަރުގެ ބަޖެޓްގައި ވެސް ވަނީ ހިމަނައިފަ އެވެ. ޓެލެކޮމްއާ ބެހޭ ގާނޫނު ބުނާ ގޮތުން އިތުރު ކުންފުންޏަކަށް ހުއްދަ ދިނުމަކީ ހަމައެކަނި ރައީސަށް ކުރެއްވޭ ކަމެކެވެ.

އެކަމާ ބެހޭ ގޮތުން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތް ދިނުމަށް މިހާރު އޮތް ތިން ކުންފުނީގެ އިތުރުން އިތުރު ކުންފުންޏަކަށް ހުއްދަ ދޭން ނިންމި މައިގަނޑު ސަބަބަކީ ހިދުމަތުގެ ވާދަވެރިކަން ބޮޑުކޮށް ރަނގަޅު ހިދުމަތެއް ދިނުން ކަމަށެވެ.

އެގޮތުން ރައްޔިތުން ބޭނުންވާ ފެންވަރަށް ހިދުމަތް ރަނގަޅު ކުރުމަށް އާ ޓެލެކޮމް ކުންފުންޏަކަށް ފުރުސަތު ދިނުމަށް އިކޮނޮމިކް ކައުންްސިލުން ނިންމާފައިވާއިރު ޓެލެކޮމްގެ ހިދުމަތަކީ އަތްފޯރާ އަގުތަކެއްގައި ދޭ ހިދުމަތަކަށް ހެދުން އެއީ މި ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރަ ބަޖެޓް ހުށަހައްޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އާމްދަނީ ހޯދަން އިތުރަށް ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ޓެލެކޮމް ލައިސަންސަށް ގެންނަ ބަދަލާއި ފުރިކުއެންސީ ސްޕެކްޓަމް ޗާޖެއް ނަގަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލުގެ ސަބަބުން އަންނަ އަހަރު އިތުރު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

މިވަގުތު އްޖޭގައި ޓެލެކޮމްގެ ހިދުމަތް ދެމުން ގެންދަނީ ދިރާގު، އުރީދޫ އަދި ރާއްޖެ އޮންލައިނުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355