twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަމާޒަކީ އަންނަ އަހަރުވެސް 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުން: ފައްޔާޒު

ނަބީލާ އިސްމާޢީލް
Nov 10, 2020
1

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީގެ ތެރެއިން 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަކީ އަންނަ އަހަރުގެވެސް އަމާޒު ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. އެގޮތުން މި ޕްރޮގުރާމް އަންނަ އަހަރުގެ ތެރޭގައިވެސް ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުވެސް 20،000 ބިދޭސިން ފޮނުވާލުމަށް އަމާޒު ކުރި ނަމަވެސް އެ އަމާޒު ހާސިލް ނުވި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މި އަަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް އުޅޭ 7،000 އެއްހައި ބިދޭސީން ފޮނުވާލެވިފައިވާ ކަމަށާއި އަހަރު ނިމޭއިރު 10،000 ބިދޭސީން ފޮނުވާލެވޭނެެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކަން މިކުރަނީ ބަންގްލަދޭޝް ސަރުކާރުގެ ހުއްދަތައް ހޯދައިގެން. މިހާރު މި އޮންނަނީ ހަފްތާއަކު އެއް ރެޕަޓްރިއޭޝަން ފްލައިޓަށް ހުއްދަ،" މިނިސްޓަރު ވިދާޅުވިއެވެ.

ލިޔެކިޔުންނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އެނބުރި ގައުމަށްދާން އެދޭކަމަށައި ނަމަވެސް މީހުން ފޮނުވާލެވެނީ ޕާސްޕޯޓު ހެދޭ މިންވަރަކުން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ބިދޭސީން އަނބުރާ ފޮނުވާލުމަށް ކުރެވުނު މަސައްކަތާމެެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުންވެސް އެކަން ބަލައިގެންފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355