twitterviber whatsapp telegramfacebookyoutube instagram
10th September 2026

ކޭވައިއެސް ވިމެންސް ފުޓްސަލް މުބާރާތްގެ ޗެމްޕިއަންކަން ސީއެސް ވިމެންސް ހޯދައިފި

ނަބީލާ އިސްމާޢީލް
Nov 12, 2020

ހދ. ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ނަމުގައި ކުމުންދޫ ޔޫތް ސްޕޯޓްސްގެ ފަރާތުން ކުމުންދޫގައި ބޭއްވި ފުރަތަމަ އަންހެން ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ސީއެސް ވިމެންސް ކާމިޔާބުކޮށްފި އެވެ.

ކުމުންދޫ ފުޓްސަލް އެރީނާގައި ރޭ ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި ސަންދިޔާ އާއި ސީއެސް ވިމެންސް ބައްދަލުކޮށް މެޗް ސީއެސް ވިމެންސް ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާ އަކުންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ސާއިދާ މޫސާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޓާފް ކުއީންގެ ސަހީމާ ހަސަން، ސަނދިޔާގެ ރާޝިދާ މޫސާ، ޒީރު ސްޓާރގެ ހަނީފާ އަބްދުﷲގެ އިތުރުން ސީއެސްވިމެންސްގެ ސަލްމާ އަލީ އަދި ޝަހުލާ އާދަމް އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ޝަހުލާ އާދަމް އެވެ.

ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި އެ ރަށުގައި ފެށި މި މުބާރާތަކީ ހަމަ އެކަނި ކުމުންދޫ ކަނބަލުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. އަަދި މިއީ ކުމުންދޫގައި ބޭއްވި ފުރަތަމަ އަންހެން ފުޓްސެލް މުބާރާތްވެސްމެ އެވެ.

ޖުމްލަ ފަސް ޓީމަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާ މުބާރާތުގެ ވަނަތަކަށް އިނާމު ދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ މަންނާމްގެ ފަރާތުން އާއިޝަތު ގާސިމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293