ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެހީވާން ޗައިނާ ތައްޔާރަށް އޮތް ކަމަށް، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލީޖޮންގެ ވިދާޅުވެއްޖެ އެވެ.
ސަފީރު މިހެން ވިދާޅުވީ އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ސަފީރު އިތުރަށް ވިދާޅުވީ ހަގީގީ ރަހުމަތްތެރިންނަކީ ބޭނުން ޖެހިފައިވާ ވަގުތު އެހީވާ މީހުން ކަމަށެވެ.
2/2 A friend in need is a friend indeed. China is always ready to offer its helping hand to Maldives for a strengthened partnership and shared future.
— Amb. Zhang Lizhong (@AmbassadorZhang) November 18, 2020
ރާއްޖެ، ޗައިނާއިން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދަކީ 1.5 ބިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަދަދަކީ 600 މިލިއަން ޑޮލަރެވެ. ދެން ހުރީ ކުންފުނިތަކަށް ނަގާފައިވާ ލޯނުތަކެވެ.
ލޯނު ދެއްކުމުގައި ދީފައިވާ ލުއިގެ ދަށުން، ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ، އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ދައްކާކަށް ނުޖެހޭނެ އެވެ. މި ލުޔާ އެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
ލިޖޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯނުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވާފައިވާ ކަމަށާއި ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއި މިނިސްޓަރު ބަލައިގެންނެވި ކަމަށެވެ.
1/2 Happy to meet with @abdulla_shahid to further the ongoing discussion on the debt sustainability issue. Minister Shahid expressed appreciation on the progress of debt suspension implemented by China to Maldives under the G20 Debt service Suspension Initiative.
— Amb. Zhang Lizhong (@AmbassadorZhang) November 18, 2020