twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ހޯރަފުށީ އެއާޕޯޓު ދަތުރުތައް މިމަހު 26 ގައި ފަށަނީ، ހަފްތާއަކު 3 ދަތުރު

ޚަދީޖާ އާދަމް
Nov 19, 2020

މިއަދު ހުޅުވިގެން ދިޔަ ހއ. ހޯރަފުށި އެއާޕޯޓަށް ސެޑިއުލް ދަތުރުތައް މިމަހު 26 ގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފިއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އައިލެންޑް އޭވިއޭޝަންގެ ކޮމިއުނިކޭޝަން އެންޑް ޕީއާރު މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް މޯލްޑިވިއަންއިން ހޯރަފުށީ އެއާޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހަފްތާއަކު 3 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއާޕޯޓާއެކު އުތުރުގެ ރަށްތަކުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެންދިޔުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ވަސީމް ވިދާޅުވިއެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި އެއަރޕޯޓާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މިއީ މި ސަރުކާރުން ތަރައްގީކޮށް ހުޅުވި ފުރަތަމަ އެއާޕޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355