twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑިފެންސް މިނިސްޓަރު މާރިޔާ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ނަބީލާ އިސްމާޢީލް
Nov 29, 2020

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު މާރިޔާ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ހަތަރުވަނަަ "އެންއެސްއޭ ލެވަލް މީޓިން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ލަންކާގެ ސެކިއުރިޓީ އޮފް ޑިފެންސްގެ ދައުވަތަކަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅެކެވެ.

ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ވިޖެރަމާ ރެސިޑެންސްގައި، ހުކުރު ދުވަހު އޮތް މި ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވަނީ ސްރީ ލަންކާގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެދެއްވަމުން އަންނަ އެހީއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ލަންކާގެ ސަރުކާރާއި ގުޅިގެން ރާއްޖޭގެ ސިފައިން ތަމްރީނު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލްވުމުގައި ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި މަހުގެ 27 އަދި 28 މި ދެ ދުވަހު ބޭއްވި "އެންއެސްއޭ ލެވަލް މީޓިން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަންބޯގައެވެ. ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި ބައްދަލްވުުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރާއްޖެ-އިންޑިއާ-ލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލްވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގަލްދޭޝް، މޮރިޝަސް އަދި ސީޝެލްސްއިން ބައިވެރިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355