twitterviber whatsapp telegramfacebookyoutube instagram
16th March 2026

މާދަމާއިން ފެށިގެން ބިމު ކުލި ނެގުން ކައުންސިލްތަކަށް

ނަބީލާ އިސްމާޢީލް
Nov 30, 2020

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އިން މީގެ ކުރިން ބަލައިގަންނަމުން ދިޔަ ބިމު ކުލި ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން ބޮޑެތި މަސައްކަތްތައް ކުރުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުއްޔަކީ ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މީރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެފަދަ ބިންތަކުގެ ކުލީގެ ގޮތުގައި މީރާ އިން ބަލައިގަންނަމުން ދިޔަ ފައިސާ މާދަމާ އިން ފެށިގެން ބަލައިގަތުން ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މާދަމާ އިން ފެށިގެން އެ ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެެނޭ ބިންތަކުގެ ކުލި ބަލައިގަންނާނީ އެ ކައުންސިލަކުން ކަމަށް ވެސް މީރާ އިން ބުންޏެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355