twitterviber whatsapp telegramfacebookyoutube instagram
23rd August 2026

ޖެނުއަރީގައި މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް ކޮޗިންއަށް

ޚަދީޖާ އާދަމް
Dec 7, 2020
1

ގައުމީ އެއާލައިން މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް ޖެނުއަރީގައި އިންޑިޔާގެ ކޮޗިންއަށް ބާއްވަން ނިންމައިފި އެވެ.

ޖެނުއަރީ އެކަކުން ހަތަރަކަށް ބާއްވާ މި ދަތުރުތަކުގެ ޓިކެޓު އެންމެ އަގު ހެޔޮކޮށް އެއްކޮޅަށް ލިބެނީ 126 ޑޮލަރަށެވެ.

މީގެ ކުރިން މޯލްޑިވިއަނުން ގެންދިޔައީ މާލެ އާއި ކޮޗިން އަދި ހަނިމާދޫ އާއި ދެމެދު ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

މޯލްޑިވިއަން އިން ވަނީ މިދިޔަ މަހުގެ ތެރޭގައިވެސް ކޮޗިން އިން މާލެއަށް ހާއްސަ ދަތުރުތަކެއް ބާއްވައިފައި ވާއިރު މިހާރު ދަނީ އިންޑިއާގެ ޓްރެވިންޑްރަމަށްވެސް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355