twitterviber whatsapp telegramfacebookyoutube instagram
26th September 2026

ދިރާގާއި ސްޕާކްހަބް ގުޅިގެން ލީން ސްޓާޓް އަޕް ފަށަނީ

ނަބީލާ އިސްމާޢީލް
Dec 13, 2020

ދިރާގާއި ސްޕާކްހަބް ގުޅިގެން ލީންސް ސްޓާޓް އަޕް މޯލްޑިވްސް ގެ ނަމުގައި ވާޗުއަލް ސްޓާޓް އަޕް ވޯކްޝޮޕެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 26 އަދި 27 ގައި ބާއްވާ މި ވޯކްޝޮޕްގައި، ލީން މެތަޑޮލަޖީ ބޭނުންކޮށްގެން ލީން ބިޒްނަސް އެއް ސްޓާޓް އަޕް ކުރާނެ ގޮތާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތައި ތަމްރީން ދޭނެ އެވެ. މި ވޯކްޝޮޕްގެ ބޭނުމަކީ އެންމެ ފަހުގެ ރިސާޗުތަކުގެ އަލީގައި މިފަދަ ވިޔަފާރިތައް ކުރިއަރައި، ތަރައްގީކުރާނެ ގޮތާ ގުޅޭގޮތުން ބައިވެރިން ތަމްރީނު ކުރުން ކަމަށް ދިރާގު އަދި ސްޕާކްހަބުން ބުންޏެވެ.

އަލަށް ވިޔަފާރިއެއް ފަށާއިރު ކަސްޓަމަރުންނަށް އެ ވިޔަފާރިއަކުން ވިއްކާ އުފެއްދުމެއް ކަމުދާނެކަމަށް ބަލައި، ވިޔަފާރި ފަށާކަމަށާއި ނަމަވެސް މި ވޯކްޝޮޕްގައި ވިޔަފާރިއެއް ފެށުމަށް ލިބޭ ހިޔާލު ތަރައްގީކޮށް އަމަލީ ސިފަ ގެނައުމަށް ކުރާނެ ކަންތަކާ ގުޅޭގޮތުން ތަމްރީނު ދޭނެ ކަމަށް ދިރާގުން ބުންޏެވެ.

އަދި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވާނެ ގޮތާއި ދަމަހައްޓާނެ ގޮތާ ގުޅޭގޮތުންވެސް ބައިވެރިންނަށް ތަމްރީނު ދޭނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ސްޓާޓްއަޕް ވިޔަފާރިތަކުގެ ތެރޭގައި އިނޮވޭޓިވް، ކްރިއޭޓިވް ހިޔާލުތަކާއެކު ފަށާފައިވާ ވިޔަފާރިތައް އެބަހުރިކަން ދިރާގާއި ސްޕާކްހަބް އިން ފާހަގަ ކުރެ އެވެ.

ރާއްޖޭގެ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދިރާގައި ސްޕާކްހަބް ގުޅިގެން މީގެ ކުރިންވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293