twitterviber whatsapp telegramfacebookyoutube instagram
9th January 2026

ކުޅުދުއްފުށީ އެއާޕޯޓަށް އޮތް ޑިމާންޑް ބޮޑުވެ ހަފްތާއަކު ފަސް ދުވަހު ފްލައިޓް ބާއްވަން ޝެޑިއުލްކޮށްފި

- ހަފްތާގެ ފަސްދުވަހު ފްލައިޓް ބާއްވަން ވަނީ ނިންމާފަ
- މިމަހު 20 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފަށާނެ
- މިހާރު ދަތުރުތައް ބާއްވަނީ ހަފްތާގެ ތިން ދުވަހު

އަބްދުލް ވާހިދު ޙަސަން
Dec 16, 2020
6

ކުޅުދުއްފުށީ އެއާޕޯޓަށް އޮތް ޑިމާންޑް ބޮޑުވެ ފްލައިޓްތައް އިތުރުކޮށްފި އެވެ. ހަފްތާއަކުން ތިން ދުވަހު ދަތުރުކުރިނަމަވެސް މިމަހު 20 ފެށިގެން ހަފްތާގެ ފަސްދުވަހުވެސް ޝެޑިއުލް ފްލައިޓް އޮންނާނެ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ޑިމާންޑް އިތުރު ވުމުގެ ސަބަބުން ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ފްލައިޓް އިތުރުކުރި ދެ ދުވަހަކީ އާދީއްތަ އަދި ބުދަ ދުވަހު އެވެ. މިހާރު ފްލައިޓްތައް އޮންނަނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މިބަދަލާއެކު ހަފްތާއަކު ފަސް ދުވަހު ޝެޑިއުލް ދަތުރުކުރާނެ އެވެ.

މާލެއާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ ޑިމާންޑް ބޮޑުވެ، ޖާގަ ނުލިބޭކަމުގެ ޝަކުވާ އަބަދުވެސް އަޑުއިވެ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓްގެ މަސައްކަތް ނިންމާ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ އޯގަސްޓްމަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355