twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކުޅުދުއްފުއްޓަށް ކުރަމުންދިޔަ ފްލައިޓް ދަތުރުތައް މަދުކުރުމުން އަމީން ކަންބޮޑުވުންފާޅުކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Oct 27, 2024
6

ގައުމީ އެއާލައިން މޯލްޑިވިއަނުން ކުޅުދުއްފުއްޓަށް އަޅަމުންދިޔަ ފްލައިޓް ދަތުރުތަކުގެ އަދަދު މަދުކުރުމުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ކުރީގެ ސަރުކާރުގެ ދައުރު ނިމުނުއިރު ދުވާލަކު ކުޅުދުއްފުއްޓަށް އަޅަމުންދިޔައީ 3 ފްލައިޓެވެ. އެހެންނަމަވެސް މިހާރު ބައެއް ދުވަސްތަކުގައި އެންމެ ފްލައިޓެއްވެސް އަޅަ އެވެ. ފްލައިޓްތައް މަދުކުރުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ދަތުރުކުރާ ގިނަ ފަރާތްތަކުން މިހާރު ދަތުރުކުރަން ޖެހެނީ ހަނިމާދޫ މަގުންނެވެ.

" ކުރިން ދުވާލަކު ކުރި 3 ދަތުރުން 2 ދަތުރުން 1 ދަތުރަށްވެސް މިދަނީ ބަދަލުވަމުން. ކުޅުދުއްފުއްޓަކީ ބޮޑުތިލަދުންމަތީގެ ހިތް، އިގްތިސޯދު ހިނގާނީ ދަތުރުފަތުރު ފަސޭހަވެގެން." ކަނޑިތީމު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް އިހުމާލުވެ ކަންކަން އުނދަގޫވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ށ އަތޮޅާއި ހދ އަތޮޅުގެ އިތުރުން ހއ އަތޮޅުތަކުގެ ގިނަ ރައްޔިތުން ދަތުރުފަތުރުކުރުމަށް ބޭނުންކުރަނީ ކުޅުދުއްފުއްޓެވެ. ފަހަކަށް އައިސް ފްލައިޓްތައް މަދުކުރުމުން ޓިކެޓް ނުލިބިގެން، ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓްގެ ތަރައްގީގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293