twitterviber whatsapp telegramfacebookyoutube instagram
7th March 2026

ރައީސްގެ ހަފްތާ 14 ގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއު ފަށައިފި

އަބްދުލް ވާހިދު ޙަސަން
Aug 26, 2025

ރައީސް ޑރ މުހައްމަދު މުއިއްޒުގެ 'ހަފްތާ 14' ގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ބިންގާ އަޅައިފި އެވެ.

'ހަފްތާ 14' ގައި ހިމެނުނު މި މަޝްރޫއު ނުފެށި ލަސްވި ސަބަބެއް ސަރުކާރުން ހާމައެއްނުކުރައްވަ އެވެ. ހަފްތާ 14 ގައި ހިމެނި މަޝްރޫއުތަކުގެ ތެރޭގައި ކުޅުދުއްފުއްޓަށް ހިމެނީވެސް މި މަޝްރޫއު އެކަންޏެވެ.

ރައީސް ހދ ގެ ރަށްތަކަށް ކުރައްވައި ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތް އެއާޕޯޓް ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެއާޕޯޓް ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބުރާހިމް ޝަރީފެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެނިކޮށް ރަންވޭ އަޅައި ހުޅުވި އެ އެއާޕޯޓްގެ ބޮޑުބައި ނިންމީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި މެންބަރުން އަދި ކައުންސިލަރުންނާއި ދައުލަތުގެ އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355