twitterviber whatsapp telegramfacebookyoutube instagram
5th January 2026

ކުޅުދުއްފުށީ އެއާޕޯޓުގައި ބެގޭޖް ބެލްޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި

Jan 4, 2026

ކުޅުދުއްފުށީ އެއާޕޯޓްގައި ކޮންވެޔާ ބެގޭޖް ބެލްޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ. ބެލްޓް ބޭނުން ކުރަން ފެށީ މިއަހަރުގެ ފުރަތަމަ ދުވަހާ ދިމާކޮށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއޭސީއެލުން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެންމެ ގިނައިން ދިވެހިން ދަތުރުކުރާ އެއް އެއާޕޯޓްކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި އެމަނިކުފާނުގެ ހަފުތާ 14 ގައި އެ އެއާޕޯޓް ތަރައްގީކުރަން ހިމެނި އެވެ.

ނަމަވެސް އެ މަސައްކަތް ނުފެށި އެ އެއާޕޯޓްގެ ތަރައްގީކުރުމުގެ ބިންގާ އެޅީ 2025 ވަނަ އަހަރު އޯގަސްޓްމަހު ރައީސް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެނިކޮށް ހަމައެކަނި ރަންވޭ އަޅައި ހުޅުވި އެ އެއާޕޯޓްގެ ބޮޑުބައި ނިންމާ ޝެޑިއުލް ދަތުރުތައް ފެށީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355