twitterviber whatsapp telegramfacebookyoutube instagram
3rd February 2026

އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިފި

ނަބީލާ އިސްމާޢީލް
Dec 27, 2020

ވައިގެ މަގުން އިންޑިއާއިން ރާއްޖެއައި އެ ގައުމުގެ ރައްޔިތެއްގެ އަތުން ފެނުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ މިމަހު 23 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 27 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން މިމީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާ ކަމަށެވެ.

އެގޮތުން އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން ތަހުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 36 ގުރާމް ހުރިއިރު، މިތަކެތީގެމަގުމަތީ އަގު 7,700.00 (ހަތްހާސް ހަތްސަތޭކަ) ރުފިޔާއަށް އަރާ ކަމަށެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355