ރާއްޖެއަށް 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ މައްސަލަ ހިނގީ މިދިޔަ މަހުގެ 19 ވަނަ ދުވަކަމަށާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ކަމަށެވެ.
އެ މީހާ އެތެރެކުރީ 66 ބުލެޓުގެ ކޮކެއިން ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި 1180 ގުރާމު ހުރި ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) August 5, 2026
🔹ތާރީޚް: 19 ޖުލައި 2026
🔹ބާވަތް: ކޮކެއިން
🔹ބަރުދަން: 1180 ގްރާމް (66 ބުލެޓް)
🔹މަަގުމަތީއަގު: 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު pic.twitter.com/P3QzHiOoJh
ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މިމައްސަލައިގައި ހިމެނޭ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއަކުންވެސް އަދި ހާމައެއް ނުކުރެ އެވެ.




