twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ޖެނުއަރީމަހު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ 17 ޕަސެންޓް އިތުރު

ޚަދީޖާ އާދަމް
Feb 12, 2021

މިދިޔަ ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީ 17.57 ޕަސެންޓް އިތުރުވެއްޖެ އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޑޮލަރު އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ޑޮލަރުން ލިބުނީ ގްރީން ޓެކުހުގެ ގޮތުގަ އެވެ.

ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ އާއި ބީޕީޓީގެ އާމްދަނީ އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައިވެސް ޑޮލަރުން އާމްދަނީ ލިބިފައިވެ އެވެ.

މީރާ އިން ބުނީ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ލިބުނު އާމްދަނީ 76.8 ޕަސެންޓް އިތުރު ކަމަށެވެ. އެގޮތުން ޑޮލަރުގެ ގޮތުގައި ލިބިފައިވަނީ 46.01 މިލިއަން ޑޮލަރެވެ. ޑޮލަރުގެ އާމްދަނީގެ ގޮތުގައި މީރާއަށް ޑިސެންބަރު މަހު ލިބިފައިވަނީ 49.13 މިލިއަން ޑޮލަރެވެ.

ލަފާކުރި އަދަދަށްވުރެ ޓެކްސް އާމްދަނީ އިތުރުވީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގިނައިން ޓޫރިސްޓުން އައިސްފައިވުމާއި، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެފައިވާތީ ކަމަށާއި އަދި އެއާޕޯޓު ޓެކްސް އާއި ފީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މީރާ އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293