twitterviber whatsapp telegramfacebookyoutube instagram
18th July 2026

ނޭކުރެންދޫން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް

ޚަދީޖާ އާދަމް
Feb 24, 2021

ހދ ނޭކުރެންދޫން ރިސޯޓަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓާރިންނަށްލައި އެޗްޕީއޭއިން ބަލަން ޖެހޭ ކަންކަން ބަލަމުން ދާއިރު މިހާތަނަށް އެރަށުން ނެގި ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފަ އެވެ.

އެރަށުން ނެގި ސާމްޕަލްތައް ނެގެޓިވް ނަމަވެސް އަދި އެރަށް މޮނީޓަރިންގެ ހާލަތުން އަދި ނަގާފައެއް ނުވެއެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 21:33 ހާއިރު އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވީ ޑައިރެކްޓް ކޮނެޓެކްޓުންގެ ގޮތުގައި 8 މީހަކު ފާހަގަ ވެފައިވާއިރު ރޭންޑަމް ސާމްޕަލްތަކާއި އެއްކޮށް 51 މީހަކު ޓެސްޓުކޮށްފައިވާ ކަމަށެވެ. އެ އެންމެންގެ ސާމްޕަލްވެސް ނެގެޓިވްވެފައިވާކަމަށެވެ.

ރަށުތެރޭގެ ހާލަތުވެސް ރަނގަޅު ކަމަށާއި އެހެން ކަމުން ރައްޔިތުން ނުކުމެ އުޅެން މަނާ ނުކުރާކަމަށް އަލީ ވިދާޅުވި އެވެ. ނަމަވެސް އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައިވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެރަށުން ޕޮޒިޓިވްވި މީހާއަކީ މިދިޔަ ޖެނުއަރީ މަހު ރަށަށް އައިސް ކަރަންޓީނުވެސް ފުރިހަމަކޮށްފައިވާ މީހެކެވެ. އެމީހާގެ ރިލީޒް ސާމްޕަލްވެސް ނެގެޓިވް ކަމަށް އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355