twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫ ސުޕަނެޓްގެ ހިދުމަތް ށ. ގޮއިދުއަށް ތައާރަފްކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 25, 2021

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. ގޮއިދުއަށް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ، ހަލުވި ސްޕީޑްތަކާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ށ. ގޮއިދޫއިން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިގެންދާނެ ކަމަށެވެ.

އުރީދޫގެ އެކްޓިންގ ޗީފް ކޮމަރޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ، ފާއިތުވި އަހަރުތެރޭގައި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ އަދަދު އެތައް ގުނައެއް އިތުރުވެފައިވުމާއެކު އިންޓަނެޓަށް ބަރޯސާވާ މިންވަރުވެސް އިތުރުވެ އަސާސީ ހިދުމަތަކަށްވެފައިވާ ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއަށާއި ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި ސިއްޙީ ހިދުމަތް ހޯދުމަށް އަދި ވިޔަފާރިކުރުމަށްވެސް އިންޓެނެޓްގެ ބޭނުން ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އެހެންކަމުން މި މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމުކަމެއްކަމުގައި ދެކިގެން ކަމަށެވެ.

"މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ޚިދުމަތް ށ. ގޮއިދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ.

މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ. އެގޮތުން ގޮއިދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ހިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އިން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355