twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުއްޓަކީ ފެސްޓިވް ޓުއަރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމަކީ ވަޅުޖެހިފައިވާ ލޯކަލް ޓުއަރިޒަމް ދިރުވުމަށް އެޅޭނެ ފާލަމެއް: އަލީ

އަބްދުލް ވާހިދު ޙަސަން
Feb 28, 2021
7

ކުޅުދުއްފުއްޓަކީ ފެސްޓިވް ޓުއަރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމަކީ ވަޅުޖެހިފައިވާ ލޯކަލް ޓުއަރިޒަމް ދިރުވުމަށް އެޅޭނެ ފާލަމެއް ކަމުގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީ އިރުދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، ކުޅުދުއްފުއްޓަށް ހާއްސަ ކުޅިވަރުތައް ކަމަށްވާ މަށިމާލި ޕެރޭޑާއި، ދަމުހިނގުން، ހިއްޗަށް ވަޑައިގަތުން، ދަފި ނެގުން އަދި ފަރިއޮޅުލުން ފަދަ ރަށުގެ ސަގާފަތާއި ގުޅިފައިވާ ކުޅިވަރުތައް ދިރުވާ އާލާ ކުރާނެ ކަމަށެވެ. އަދި މިފަދަ އީދުތައް ފާހަގަކޮށް އެކަން ކަމަށް ބިނާ ކޮށް ފެސްޓިވް ޓުއަރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ކުޅުދުއްފުށި އިސްތިހާރު ކުރުމަށް ހާއްސަ ކެމްޕެއިން އެއް ހިންގާ ބްރޭންޑް ކުރެވިގެންދާނެކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ ކުޅި އާއި މާފަލު ފެންގަނޑަކީ އެތަން ތަނުގެ ރީތި ކަމާއި ހާއްސަ ކަން ފެންނާނެފަދަ ނޭޗަރ ޕާރކް ތަކެއް ތަރައްޤީ ކޮށް އިކޯ ޓޫރިޒަމް ކޮންސެޕްޓްގެ ނަފާ ލިބޭނެފަދަ ތަންތަނަށް ހެދިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުއްޓަކީ، ސްޕޯރޓްސް ޓުއަރިޒްމާއި، އިވެންޓްސް ޓުއަރިޒަމް ކޮންސެޕްޓްގެ ފައިދާ ނެގެން އޮތް ރަށެއްކަން ކަމަށެވެ.

"މި ރަށަކީ މޫދު ކުޅިވަރާއި ބީޗް ގޭމްސް ފަދަ އިވެންޓްތައް މެދުވެރި ކޮށް ސްޕޯރޓްސް އަދި އިވެންޓް ޓޫރިޒަމް ކޮންސެޕްޓްގެ ފައިދާ ނެގެން އޮތް ރަށެއް. މޫދު ކުޅިވަރަކީ މިރަށުގައި ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ފޯރިގަދަ ކުޅިވަރެއް. އެގޮތުން ވޭތުވެދިޔަ ތާނގައިވެސް ޒުވާނުން ބާއްވާފައިވާ ގަމީސް ވައިދަށަށް އަދި، ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި ކައިޓް އެރުވުންތެރިޔާ ޔޫރީ ޒޫން ބައިވެރިވެގެން އިންތިޒާމުވެގެން އައި ކަނޑު ތެލަނގަ އިވެންޓް ފަދަ އިވެންޓްތައް އަޅުގަނޑުމެންގެ ކައުންސިލެއްގެ ފުރިހަމަ ބައިވެރިވުން ދީގެން ބައްވާއި، މިކަންކަމުން ކުޅުދުއްފުށީގެ އިޤްތިސާދީ ހަރަކާތްތައް އިތުރު ކުރުމަށް މަސައްކަތް ކުރާނަން." އިނގިރޭސި ވިލާތުން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އަލީ ވިދާޅުވި އެވެ.

އަދި، ކަނބުރުވެރިކަމުގެ އުފެއްދުންތަކާއި މި ރަށުގެ އަންހެންނުން ވަށާ ރޯނުގެ އިތުރުން، ހަމަ އެކަނި މި ކުޅުދުއްފުށްޓަށް ހާއްސަ ހާލުފޮޅި އާއި މަސްބޮނޑި ފަދަ އުފެއްދުންތައް ކުރިއަރުވާ، ކުޅުދުއްފުއްޓަށް ހާއްސަ ބްރޭންޑެއް އުފައްދައި މާކެޓް ކުރެވޭނެ ގޮތް ހޯއްދަވައި ދެއްވާނެކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ،އެމްޑީޕީ ކައުންސިލެއްގައި، ކުޅުދުއްފުށި ގުދުރަތީގޮތުން އޮތް ހިސާބުގެ އެންމެ ފުރިހަމަ ފައިދާއެއް ހޯދުމުގެ ގޮތުން، އަތޮޅު ތެރޭގެ ވިޔަފާރިތަކާއި އޮންނަ ގުޅުން ހަރުދަނާ ކުރުމަށް، ފޯރަމްތަކެއް ބޭއްވިގެންދާނެކަމަށެވެ. އަދި ޒުވާން ވިޔަފާރިވެރިން އުފައްދާ ތަރައްގީ ކުރުމަށް ކުޅުދުއްފުށީގައި ބިޒްނަސް ސެންޓަރ ކޯޕްރޭޝަންގެ ދައުރު ފުޅާކުރައްވާނެ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށީގައި، ހާއްސަ ކޮށް އާ ބަނދަރު ތަރައްޤީވެގެން އަންނައިރު ވިޔަފާރީގެ ފުރުސަތުތައް ހަމަ ހަމަ ކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ގާއިމް ކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355