twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިންތިހާބާ ދިމާކޮށް ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 28, 2021
2

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށް، ހަވާލުކޮށްފި އެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގައި އެންމެ ގިނައިން އެއްގަމު ވެހިކަލް ބޭނުންކުރާ އެއް ރަށެވެ. އެހެންވުމުން މަގުތައް އަބަދުވެސް އޮންނަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށީގެ މަގުތައް ހެދުމަށް ހަވާލުކުރީ މި ސަރުކާރުން މަގުތައް ހެދުމަށް އުފެއްދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.

މިކަމަށްޓަކާ މިދިޔަ ބުރާސްފަތި ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އުސްތާޒް މޫސާ އަލި މަނިކެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ މަގުތަކުގައި 6 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް، މަގުބައްތި ޖަހާނެއެވެ.

510 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާލުކުރި މިމަސައްކަތުގެ އަގަކީ 100.7 މިލިއަން ރުފިޔާ އެވެ. ކުޅުދުއްފުށީގައި މަގުތައް ހެދުމުގެ މަޝްރޫއު ފުރަތަމަ ފެށީ 2010 ވަނަ އަހަރުގެ ތެރޭގައި އެވެ. އެކަމަކު އެ މަޝްރޫއު ހުއްޓިފައި އޮތުމަށްފަހު މަސައްކަތް ފެށީ 2013 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355