twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހޯރަފުށި އެއާޕޯޓުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ޚަދީޖާ އާދަމް
Mar 8, 2021
1

ހއ ހޯރަފުށި އެއާޕޯޓުން ގިނަ އަދަދެއްގެ ވަޒީފާތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިއްޔެ ގެޒެޓްކުރި އިއުލާނުގައި އެ އެއާޕޯޓަށް ބޭނުންވާ 21 ވަޒީފާއަކަށް ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން ހިމެނެނީ:

- ފަޔަރ އޮފިސަރ (ބޭނުންވާ އަދަދު އެކެއް): ޝަރުތުތަކުގެ ތެރޭގައި ބެޗްލާ ޑިގްރީ ނުވަތަ ގުޅޭ ދާއިރާއަކުން އެއަށްވުރެ މަތީ ސަނަދެއް އޮތުމާއި އައިސީއޭއޯ، އެމްސީއޭއޭ ގަބޫލުކުރާ ފެންވަރުގެ ޓްރެއިންނިންމާ އެއާޕޯޓު ފަޔަރ އޮފިސަރުގެ ސަނަދު އޮތުން ހިމެނޭ.

- ސަބް އޮފިސަރ (ބޭނުންވާ އަދަދު 1): ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުމާއި އައިސީއޭއޯ، އެމްސީއޭއޭ ގަބޫލުކުރާ ފެންވަރުގެ ޓްރެއިންނިންމާ އެއާޕޯޓު ފަޔަރ އޮފިސަރުގެ ސަނަދު އޮތުން ހިމެނޭ.

- ލީޑިން ފަޔަރ މޭން/ ޑްރައިވާ އޮޕަރޭޓަރ ސްޕެސަލިސްޓް (ބޭނުންވާ އަދަދު 1): ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް 2 މާއްދާއިން ފާސްވުމާއި ލީޑިން ފަޔަރ މެން ކޯސް ފުރިހަމަކޮށްފައިވުން ހިމެނޭ

- ޖޫނިއާރ އެއާޕޯޓް ފަޔަރ ފައިޓާ (ބޭނުންވާ އަދަދު 2): ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް 2 މާއްދާއިން ފާސްވުމާއި އެމްކިއުއޭއިން އެޕްރީވްކުރާ އެމަޖެންސީ މެޑިކަލް ޓެކްނީޝިއަންގެ ސަނަދު އޮތުން ހިމެނޭ

- އެއާޕޯޓް ފަޔަރ ފައިޓަރ ޓްރެއިނީ (ބޭނުންވާ އަދަދު 4): ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް 2 މާއްދާއިން ފާސްވުމާއި އެއާޕޯޓް ފަޔަރފައިޓާގެ ބޭސިކް ކޯސް ފުރިހަމަކޮށްފައި ވުން ހިމެނޭ

- އީއެމްޓީ ފަޔަރ ފައިޓަރ ޓްރެއިނީ (ބޭނުންވާ އަދަދު 2): ޝަރުތުތަކުގެ ތެރޭގައި އެމްކިއުއޭއިން އެޕްރީވްކުރާ އެމަޖެންސީ މެޑިކަލް ޓެކްނީޝިއަންގެ ސަނަދު އޮތުމާއި އެއާޕޯޓް ފަޔަރފައިޓާގެ ބޭސިކް ކޯސް ފުރިހަމަކޮށްފައި ވުން ހިމެނޭ

- އެއާޕޯޓް ހޭންޑްސް (ބޭނުންވާ އަދަދު 6): ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލްއިން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ ލިޔަން ކިޔަން ދަތުމާއެކު ގުޅުން ހުރި ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ހުރުން

- ސީނިއާ އެއާޕޯޓް އޮފިސަރ (ބޭނުންވާ އަދަދު 1): ޝަރުތުތަކުގެތެރޭގައި ޖީސީއީ އޭލެވެލް 3 މާއްދާއިން ފާސްވުން ނުވަތަ އޯލެވެލް 3 މާއްދާއިން ފާސްވެފައި ހުރުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

- އެސިސްޓެންޓް އެއާޕޯޓް މެނޭޖާރ (ބޭނުންވާ އަދަދު 1): ޝަރުތުތަކުގެ ތެރޭގައި އެނެކްސް 14 ޓްރެއިނިން ނިންމާފައިވުން، ސޭފްޓީ މެނޭޖްމެންޓް ޓްރެއިނިން ނިންމާފައިވުން، އަދި 5 އަހަރުދުވަހުގެ ތަޖުރިބާ ހިމެނޭ

- ސީނިއާ އޮޕަރޭޝަންސް އޮފިސަރ (ބޭނުންވާ އަދަދު 2): ޝަރުތަކީ އޭލެވްލް 3 މާއްދާއިން ފާސްވުމާއި 3 އަހަރުގެ ތަޖުރިބާ ހުރުން

- އެޑްމިނިސްޓްރޭޓިވް އޮފިސާރ ( ބޭނުންވާ އަދަދު 2): ޝަރުތަކީ އޭލެވްލް 3 މާއްދާއިން ފާސްވުމާއި 3 އަހަރުގެ ތަޖުރިބާ ހުރުން

- ސްޓޯރ އޭޖެންޓް (ބޭނުންވާ އަދަދު 1): ޝަރުތަކީ އޯލެވެލް 3 މާއްދާއިން ފާސްވުން

- އައިޓީ އެސިސްޓެންޓް (ބޭނުންވާ އަދަދު 1): ޝަރުތަކީ އައިޓީގެ ސެޓްފިކެޓް އޮތުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

- ގާރޑަނާރ (ބޭނުންވާ އަދަދު 1): ޝަރުތަކީ ލިޔަންކިއަން ދަތުމާއި 3 އަހަރުގެ ތަޖުރިބާ ހުރުން އަދި ބަގީޗާ ހައްދަން ދަންނަ މީހެއް ކަމުގައިވުން

- ގާރޑެނިން އޭޖެންޓްސް (ބޭނުންވާ އަދަދު 4): ޝަރުތަކީ ލިޔަން ކިޔަން ދަތުމާއި މަސައްކަތް ކުރެވޭނެ ފަދަ މީހެއް ކަމުގައި ވުން

- ކްލީނިން ސްޕަވައިޒާ (ބޭނުންވާ އަދަދު 1) ޝަރުތަކީ އޯލެވެލް 3 މާއްދާއިން ފާސްވުން ނުވްތަ ގްރޭޑް 10 ނިންމާ މަސައްކަތުގެ 3 އަހަރުގެ ތަޖުރިބާ ހުރުން

- ކްލީނިން އޭޖެންޓްސް (ބޭނުންވާ އަދަދު 5): ޝަރުތަކީ ލިޔަން ކިޔަން ދަންނަ މީހެއް ކަމުގައިވުން

- ސެކިއުރިޓީ އޭޖެންޓްސް ( ބޭނުންވާ އަދަދު 5): ޝަރުތަކީ އޯލެވެލް ނިންމާފައި ހުރުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

- ސީނިއާރ އެއާރފީލްޑް ޓެކްނީޝިއަން (ބޭނުންވާ އަދަދު 1): ޝަރުތަކީ އެނެކްސް 14 ޓްރެއިނިން ނިންމާފައި ހުރުމާއެކު، މަސައްކަތުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

- މެއިންޓެނެންސް އޮފިސާރ (ބޭނުންވާ އަދަދު 1): ޝަރުތަކީ ލިޔަން ކިޔަން ދަތުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

- މެއިންޓެނެންސް އޭޖެންޓްސް (ބޭނުންވާ އަދަދު 2): ޝަރުތަކީ ލިޔަން ކިޔަން ދަތުމާއެކު 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

މި ވަޒީފާތަކަށް އެދުމުގެ ފުރުސަތު މާޗުމަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 ހަމައަށް ހުޅުވާލާފައި ވެއެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން ބޭނުންވާ ލިއުންތައް [email protected] މެއިލް ކުރުމަށް ރީޖަނަލް އެއާޕޯޓުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355